ސައުދީގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ކޮވިޑްގެ އާ ވޭރިއަންޓަށް ޕޮޒިޓިވްވި 10 މީހުން މިހާރު ވަނީ އައިސޮލޭޓްކުރެވިފައި ކަމަށެވެ. އަދި އެމީހުންނާއި ބައްދަލުވި 27 މީހަކު ހޯމް ކަރަންޓީނުކުރެވިފައިވާއިރު އެމީހުން ގެ ޓެސްޓުތައް ވެސް ނެގެޓިވްވެފައިވާ ކަމަށް ބުނެ އެވެ.
ކޮވިޑް-19 ގެ އާ ވޭރިއަންޓަށް ޕޮޒިޓިވްވި އެ 10 މީހުންނަކީ ސައުދީގެ ބޯޓަރުތައް ބަންދުކުރުމުގެ ކުރިން ޔޫކޭއިން އެ ގައުމަށް އައި ބައެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ސައުދީން ވަނީ ކޮވިޑަށް 108 މީހުން ޕޮޒިޓިވްވެފައެވެ. މިހާތަނަށް ޖުމްލަ 363,582 މީހުން އެގައުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.
އަދި މިހާތަނަށް އެގައުމުން ކޮވިޑްގައި 6278 މީހުން މަރުވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ ޖުމްލަ 355037 މީހެކެވެ.