ads
އެލޯ ވެރާ ޖޫސް--
އެލޯ ވެރާ ޖޫސް ބޯން ޖެހޭ ހަ ސަބަބު
އަލޯ ވެރާ ޖޫހަކީ އެލޯ ވެރާ ގަހުގެ ފަތްތަކުން ހަދާ މީރު ބުއިމެކެވެ. އެލޯ ވެރާ އާއްމުކޮށް މަޝްހޫރުވެފައި ވަނީ އިރުގެ އަވީގެ ސަބަބުން ހަމަށް ގެއްލުން ލިބުމުން އެކަމުގެ ފަރުވާއެއްގެ ގޮތުގަ އެވެ. ހަމަ އެފަދައިން އެލޯ ވެރާ ޖޫސް ބުއިމަކީ ވެސް އެތައް ފައިދާއެއް ލިބޭ ކަމެކެވެ.

އެލޯ ވެރާ ޖޫސް ބުއިމުން މީހާއަށް ބޭނުންވާ ފެން ލިއްބައިދެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ހުންނަ ޓޮކްސިންތައް ބޭރުކޮށް، އަބަދުވެސް ހައިޑްރޭޓުކޮށްދެ އެވެ.

އޭގެ އިތުރުން ލިވާ ނުވަތަ ޗިސް މޭ ހިނގުން ވެސް މި ޖޫހުގެ ސަބަބުން ރަނގަޅުކޮށްދޭ ކަމަށް ވެއެވެ. އެލޯ ވެރާގެ ސަބަބުން ހަށިގަނޑު ޑިޓޮކްސްކޮށްދީ، ޗިސް މެއަށް ބޭނުންވާ ގިނަ ފައިޓޯނިއުޓްރިއަންޓްސް ލިއްބައިދެ އެވެ.

ބަނޑުހަރުވާ މައްސަލަ ދިމާވާ ނަމަވެސް އެލޯ ވެރާ ޖޫސް ބޯށެވެ. މީގައި ހިމެނޭ ފެނުގެ ސަބަބުން ބަނޑުހަރުވުމާ ދުރުކޮށްދެ އެވެ. އަދި ފަސޭހައިން ބޮޑުކަމުދިޔުމަށް އެހީވެދެ އެވެ.

އެލޯ ވެރާއަކީ ވިޓަމިން އާއި އެންޓިއޮކްސިޑެންޓް ގިނަ އެއްޗަކަށް ވުމުން މިއީ ހަމަށް ވަރަށް ރަނގަޅު އެއްޗެކެވެ. މީގެ ސަބަބުން ބިހި ނެގުން މަދުކޮށްދެ އެވެ. އޭގެ އިތުރުން ޑާމަޓައިޓިސް އަދި ސޮރިއަސިސް ފަދަ ހަމުގެ ބަލިތަކުން ވެސް ރައްކާތެރިކޮށްދެ އެވެ. މިއާއެކު އިރުގެ އެންމެ ނުރައްކާ އަލްޓްރާ ވަޔަލެޓް ދޯދިތަކުން ކުރާ އަސަރު ކުޑަކޮށް، ހަމަށް ލިބޭ ގެއްލުންތައް އަވަހަށް ރަނގަޅުކޮށްދޭން އެހީވެ އެވެ.

އެލޯ ވެރާ ޖޫހަކީ އެކި ބާވަތުގެ މުހިއްމު މާއްދާތައް ހިމެނޭ ޖޫހެކެވެ. އެގޮތުން ވިޓަމިން ބީ، ވިޓަމިން ސީ، ވިޓަމިން އީ، ފޮލިކް އެސިޑް، ކެލްސިއަމް، ކޮޕާ، ސޯޑިއަމް، ސެލޭނިއަމް، މެގްނީޒިއަމް، ޒިންކް އަދި މެންގެނީޒް ފާހަގަކޮށްލެވެ އެވެ.

މިއީ ބަނޑު ރަނގަޅު ކުރުން ނުވަތަ ޑައިޖެސްޝަންއަށް ވެސް ރަނގަޅު ބުއިމެކެވެ. އެލޯ ވެރާގައި ހިމެނޭ އެންޒައިމްގެ ސަބަބުން ބަނޑު ރަނގަޅުކޮށްދީ ހަކުރާއި ފެޓުތައް ފަސޭހައިން ހަށިގަނޑަށް ނަގައިގަތުމަށް އެހީވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް