ads
މޭޔަރު ސާޖިދު ހާން-
ހާލަތު ގޯސްވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު ބޮއްސުންލައިދާތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ ސިޓީގެ މޭޔަރު ސާޖިދު ހާންއެވެ. މިހާތަނަށް ލަންޑަންގައި ކޮންމެ 30 މީހަކުން އެކަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

"ލަންޑަންގެ ހާލަތު މިހާރު ވަރަށް ގޯސް، ވައިރަސް ދަނީ ވަރަށް އަވަހަށް ފެތުރި ކޮންޓްރޯލުން ނައްޓަމުން" - ލަންޑަންގެ މޭޔަރު ހާން

ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކުރައްވަމުން ހާން ވިދާޅުވީ އިމަޖެންސީ ހިދުމަތްތެރިންނަށް މިހާލަތު ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތައް އެޅޭނެ ކަމަށެވެ. މިހާލަތު ކުރިން އިއުލާން ކުރެވުނީ ސެންޓްރަލް ލަންޑަނަށް ދިން ޓެރަރިސްޓް ހަމަލާ އާއި ގްރެންފެލް ޓަވަރު ހިނގި ބޮޑު އަލިފާނުގެ ހާދިސާ އާއި ގުޅިގެންކަން ވެސް ހާން ފާހަގަ ކުރެއްވި އެވެ.

ހާން ވިދާޅުވީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހުނީ އެ ގައުމުގެ ނޭޝަނަލް ހެލްތް ސާވިސް (އެންއެޗްއެސް) އަށް ނުކަތާ ވަރަށް މީހުންނަށް ފަރުވާ ދޭންޖެހި އިތުރު އެތައް ބަޔެއް މިބަލީގެ މަރުވެދާނެތީއެވެ.

މިދިޔަ ޑިސެމްބަރު މަހު އިނގިރޭސިވިލާތުން ފެނުން ކޮވިޑްގެ އާ ވޭރިއަންޓް އާއިއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އެގައުމުގައި ބަލި ފެތުރޭ އަދަދު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. 

ހަރުކަށި ފިޔަވަޅުތަކާއި އެކުވެސް 2021 ވަނަ އަހަރު ފެށި ފަހުން ކޮންމެ ދުވަހަކުވެސް އެގައުމުން 50،000 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވެފައިވާއިރު، ބުދަ ދުވަހު އެކަނިވެސް އެގައުމުން ވަނީ 62،000 ކޭސް ރިކޯޑްކޮށްފައެވެ. 

އިއްޔެއަކީ މިހާތަނަށް އެގައުމުން ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެއަކީ އެގައުމުން 1،325 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް