ސީއެންއެމްއަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ބުނީ ޕެލެޓެއް ވެއްޓުނު ހާދިސާގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކު ވަނީ މިހާރު ފަރުވާއަށް ފަހު ދޫކޮށްލާފައި ކަމަށެވެ.
އަނިޔާ ލިބުނު ދެވަނަ މީހާއަށް އަދިވެސް ފަރުވާދެމުންދާ ކަމަށް އޭނާ ބުންޏެވެ.
އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ހަށިގަނޑުގެ އެކި ތަންތަން ފްރެކްޗާ ވެފައިވާ ކަމަށާއި އޭނާއަށް މިހާރު ފަރުވާދެނީ އެ ހޮސްޕިޓަލްގެ އީއެންޓީ ވޯޑްގައި ކަމަށް އޮފިޝަލް މައުލޫމާތު ދިނެވެ.
މި މަހުގެ ހަތްވަނަ ދުވަހު ބިއްލޫރި ޕެލެޓް ވެއްޓުމުން އަނިޔާވި މީހުން ސަލާމަތްކޮށް ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔެއީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުންނެވެ.