ads
ވީޑިއޯ ރިޕޯޓު: -
އެކްސްކުލޫސިވް: ދިވެހި ޒުވާން ފިރިހެން ކުއްޖަކަށް ފިރިހެނަކު ކުރި ޖިންސީ ފުރައްސާރަ!
ރާއްޖޭގައި ޒުވާނުންނަށް ކުރާ ޖިންސީ ގޯނާގެ ވާހަކަތަކަކީ ގިނަ ފަހަރު ފަރުދާގެ އަނެއް ފަރާތުގައި ފޮރުވިގެންދާ ވާހަކަތަކެވެ. އެއީ އެ ޒުވާނުންނާ މެދު މުޖްތަމައުން ގެންގުޅޭ ވިސްނުންތަކުގެ ސަބަބުންނެވެ. ހާއްސަކޮށް ފިރިހެނުންނަށް ދިމާވާ ޖިންސީ ގޯނާގެ ވާހަކައަކީ އާންމުން އެހާ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަ އެއް ނުވެއެވެ. ނަމަވެސް ޖިންސީ ފުރައްސާރައާއި ގޯނާ އަދި ތަފާތު ޖިންސީ އަނިޔާތަކުގެ ޝިކާރައަށް ވަނީ އަންހެނުން އެކަންޏެއް ނޫނެވެ. އެކަން ތަހަންމަލު ކުރާ ފިރިހެނުން ވެސް މި މުޖުތަމުގައި އެބަތިއްބެވެ.
Advertisement

ޒަމާން ތަރައްގީވެ ކުރި އަރައިގެން ދާއިރު ގިނަ ފިރިހިރެނުން ދަނީ އެމީހުންނަށް ދިމާވާ ޖިންސީ ފުރައްސާރައިގެ ވާހަކަ އިންސާފެއް ލިބޭތޯ ހާމަކުރަމުންނެވެ. އެގޮތުން ޖިންސީ ފުރައްސާރައިގެ ބިރުވެރި ތަޖުރިބާ ކޮށްފައިވާ ފަރާތެއް ވަނީ އޭނާގެ އެ ހިތްދަތި ސޮފްހާ އަޅުގަނޑަށް ކިޔައިދީފަ އެވެ.

އެގޮތުން ރާއްޖޭގައި ކުރިއަރަމުން އަންނަ މޮޑަލްއެއް ކަމަށްވާ އަހުމަދު، 18 އަހަރު (އަސްލު ނަމެއް ނޫން) އޭނާގެ ވާހަކަ ކިޔައިދިނެވެ. 

ފުރައްސާރަކުރީ ވަޒީފާގެ މާހައުލުން! 

ކޮވިޑް 19 ގެ ހާލަތުގައި ވަޒީފާއެއް ހޯދުމަށް އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުން ރާއްޖޭގެ ނަން މަޝްހޫރު މޮޑަލިން އޭޖެންސީއަކުން އޭނާގެ އަތުގައި ހިފިއެވެ. ލިބުނު ރަނުގެ ފުރުސަތު އޭނާ ގަބޫލުކުރިއެވެ. އަދި ދިރިއުޅުން އާރާސްތުކުރުމަށް އެތައް ފޮނި ހުވަފެންތަކެއް ދެކެން އަހުމަދު ފެށިއެވެ. އެއީ އެ ދާއިރާއަކީ އޭނާ އެންމެ މަސައްކަތް ކުރަން ބޭނުންވާ ދާއިރާއަށް ވީމަ އެވެ.

ނަމަވެސް އޭނާގެ އެ ފޮނި ހުވެފެންތައް ވިއްސި ވިހާލިވާން މާ ގިނަ ދުވަހެއް ނުނަގައެވެ. ވަޒީފާގެ މާއުލުން އޭނާއަށް ދިމާވާން ފެށި ބިރުވެރި ކަންތަކުގެ ސަބަބުންނެވެ.

އަހުމަދު ބުނި ގޮތުގައި އޭނާއަށް އެ އެޖަންސީގެ އިސް ފިރިހެނެއްގެ ފާރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިވި އެވެ. މިކަން އޭނާ ރިޕޯޓް ނުކުރީ އެ ފުރައްސާރަ ހުއްޓޭނެ ކަމަށެވެ. ނަމަވެސް އެ ކަމަކަށް ހުއްޓުމެއް ނައެވެ. 

"އޭނާ އަހަރެން ގާތު ހަޑި މުޑުދާރު ވާހަކަ ދެއްކި. ގައިގަ އަލްތަން ވެސް މަސައްކަތް ކުރި،"

އެ ފިރިހެން މީހާ ދިޔައީ އޭނާ ކައިރީގައި އެކި ހަޑި މުޑުދާރު ވާހަކަތައް ދައްކަމުން ކަމަށާއި އަދި އޭނާ ގައިގައި އަތްލާން މަސައްކަތް ކުރި ކަމަށް ވެސް އަހުމަދު ބުންޏެވެ. 

މި ފުރައްސާރަތަކުގެ ސަބަބުން އޭނާ ވަރަށް ބިރުގަތް ކަމަށާއި އަދި އެ ފިރިހެން މީހާއަކީ އާންމުންގެ ތެރޭގައި މަޝްހޫރު އިސް ފަރާތަކަށް ވުމުން މައްސަލް ޖައްސާނެ ހިތްވަރު އެލުނީ ކަމަށް ވެސް އަހުމަދު ބުންޏެވެ. އެއީ ނުފޫޒު ގަދަ މީހުން ބޭނުންވާ ގޮތަށް ކަންކަން އަނބުރާލާ މަންޒަރު ރާއްޖެއިން ފެންނާތީ ކަމަށް ވެސް ބުންޏެވެ.

ކޮންމެއަކަސް މަސައްކަތުގެ މާހަލު އަހުމަދަށް ވެގެން ދިޔައީ ބިރުވެރި ތަނަކަށެވެ. އެ ފިރިހެން މީހާގެ އެދުންތަކުގައި ކޮޅުފައިން ޖެހުމުން ދެން ދިމާވީ މަސައްކަތުގައި ތަފާތުކުރުމާއެވެ.

އެގޮތުން އަހުމަދު ބުނި ގޮތުގައި އެ އޭޖެންސީއިން މޮޑަލުންގެ ތެރޭގައި ވަރަށް ތަފާތު ކުރުން ގެންގުޅެއެވެ. އަދި އެތަނުގެ މުވައްޒަފުން ބާކީ ކޮށްލުމަށް ފަހު ބޭރުން ގެންނަ އެހެން ފަރާތްތަކަށް މާ ބޮޑު އިސްކަންވެސް އެމީހުން ދޭ ކަމަށާއި އުޖޫރަ ދިނުމުގައި އަންހެން ކުދިންނާ ފިރިހެން ކުދިންގެ މެދުގައި ބޮޑެތި ތަފާތު ކުރުން ގެންގުޅޭ ކަމަށް ވެސް އަހުމަދު ތުހުމަތު ކުރެއެވެ. 

ކަންތައް މިހެން ހުރުމާއެކު އަބަދުވެސް މަސައްކަތް ކުރަން ބޭނުންވި ދާއިރާ ދޫކޮށްލަން އޭނާ ނިންމިއެވެ. އެއީ ރާއްޖޭގައި މޮޑަލިން ދާއިރާއަކީ ކުރިއަރަމުން އަންނަ ދާއިރާއެއް ކަމުގައި ވީނަމަވެސް އެދާއިރާގައި ފުނަށް ފީނާލީމައި އޭނާއަށް ފެނުނީ ކަޅު އަނދިރިކަން ކަމުގައި ވާތީއެވެ.

އަހުމަދު އޭނާގެ ވާހަކަ ނިންމާލަމުން ބުނީ ރާއްޖޭގެ މޮޑަލިން އޭޖެންސީތަކުން ދައްކާ ދަޅައަކީ އެމީހުންގެ މުޑުދާރު އަމަލުތައް ފޮރުވަން ކުރާ ކަމެއް ކަމަށެވެ.

38%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް