ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތްރީ
ކޯޗު ވަކިކޮށް ކުޅުނު މެޗުންވެސް ބެންގަލޫރު ބަލިވެއްޖެ
ކޯޗު ވަކިކޮށްގެން ކުޅުނު ފުރަތަމަ މެޗުން ވެސް ބެންގަލޫރު އެފްސީ ބަލިވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ބެންގަލޫރު ބަލިވީ ވާދަވެރި އީސްޓް ބެންގޯލް އަތުން އެއް ލަނޑު ސުން ލަނޑުންނެވެ.
Advertisement

ބެންގަލޫރު އެފްސީގެ ކޯޗު މަގާމުން ވަކިކުރީ މިދިޔަ ހަފުތާ ތެރޭގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވުމުންނެވެ. މިދިޔަ ހަފުތާގައި މުމްބާއީ އެފްސީ އަތުން ތިން ލަނޑު އެއް ލަނޑުން ބަލިވި މެޗަކީ އިންޑިއަން ސުޕަ ލީގުގެ ތާރީހުގައި ވެސް ބެންގަލޫރު އެފްސީ ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އެ މެޗުން ބަލިވުމުން ކޯޗު ކާލްސް ކުއަޑްރާޓް މަގާމުން ވަކިކޮށް، ހޮނިހިރު ދުވަހުގެ ރޭގެ މެޗަށް ކުރިމަތިލީ އެސިސްޓެންޓް ކޯޗު ނައުޝާދު މޫސާގެ ބެލުމުގެ ދަށުންނެވެ. އެހެންނަމަވަސް ވިދިވިދިގެން ހަތަރުވަނަ މެޗުން ބަލިވެ ބެންގަލޫރު އެފްސީ ވަނީ ރަނގަޅަށް ޕްރެޝަރަށް ވެއްޓިފައެވެ. 

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ރާއްޖޭގެ މާޒިޔާ އަތުން ބަލިވެ ބެންގަލޫރު އެފްސީ ކެޓިއިރު ވެސް ކޯޗަކަށް ހުރީ މި ފަހުން މަގާމުން ވަކިކުރި ސްޕެއިންގެ ކާލްސް ކުއަޑްޓްރާއެވެ. މިދިޔަ އަހަރަކީ ބެންގަލޫރު އެފްސީ ހުސް އަތާ ނިންމާލި ފުރަތަމަ އަހަރު ވެސް މެއެވެ. އަދި މި އަހަރުގެ އޭއެފްސީ ކަޕުން ވެސް ގްރޫޕް ސްޓޭޖުގެ ޖާގައެއް ބެންގަލޫރު އެފްސީ އަކަށް ނުލިބެއެވެ. އޭއެފްސީ ކަޕުން ފުރުސަތު ހޯދުމަށް އެ ޓީމުން މި އަހަރު ވެސް ޖެހޭނީ ޕްލޭ އޮފް ބުރުގައި ކުޅޭށެވެ.

ހޮނިހިރު ދުވަހުގެ ރޭގެ ނަތީޖާއާ އެކު ބެންގަލޫރު އޮތީ ބާރަ ޕޮއިންޓާ އެކު ޓޭބަލްގެ ހަވަނައަށް ވެއްޓިފައެވެ. ޓޭބަލްގެ އެއްވަނައިގައި އޮތް މުމްބާއީ އާއި ބެންގަލޫރާ ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ. މުމްބާއީއަށް ނުވަ މެޗުން ބާވީސް ޕޮއިންޓް ލިބިފައިވެއެވެ. ބެންގަލޫރަށް ބާރަ ޕޮއިންޓް ލިބިފައިވަނީ ދިހަ މެޗުންނެވެ. އެހެންކަމުން މުމްބާއީގެ ދިހަވަނަ މެޗާއި އެކު އަދިވެސް ފަރަގު ބޮޑު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް