ads
ފައުޒާން-
ފައުޒާންގެ މަރު: ބޮޑު ސަމާލުކަމެއް އޭނާގެ ފޭސްބުކް ޕޯސްޓަކަށް
ފުވައްމުލަކު ސިޓީން މޫދަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަނިކޮށް އަހުމަދު ފައުޒާން ހަސަން، ފެނުނީ މޫދު އަޑިންނެވެ. އޭނާ ނަގައިގެން ސަލާމަތްކުރެވޭތޯ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ސަލާމަތް ކުރެވިފައެއް ނުވެ އެވެ. މުޅި ރާއްޖެ ރޮއްވާލައި ފައުޒާން ވަކިވެ ދިޔައީ އެވެ.

ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ފައުޒާންގެ ކުއްލި ވަކިވުމާއެކު މުޅި ރާއްޖެ އަންނަނީ އެ ހިތާމައިގައި ބައިވެރިވަމުންނެވެ. 

އެކުވެރިންނާއެކު މޫދަށް މަޖާކޮށްލަން ގޮސް އުޅުމުގެ ތެރޭގައި މި ހިތާމަވެރި ހާދިސާ ހިނގީ ގެނބެމުންދިޔަ ކުދި ބައެއް ސަލާމަތްކުރަން ގަދަ އޮއިވަރުގެ ތެރެެއަށް ފައުޒާން ފުންމާލުމުންނެވެ. 

ގެނބުނު ކުދިން ސަލާމަތްކޮށް ސަލާމަތުގެ އައްސޭރިއަށް ފައުޒާން މިސްރާބު ޖެހިތަނާހެން އޭނާ މޫދުގެ ތެރެއަށް ގަނބުވާލީ ނެގި ބޮޑު ރާޅަކުންނެވެ. އެންމެން ރޮއްވާލާއި ފައުޒާން ވަކިވެގެންދިޔައިރު އެތައް ބަޔަކަށް ވަނީ ފުން އަސަރެއް ގެނުވާފަ އެވެ.

ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު ފައުޒާންގެ ހަނދާންތައް އާކުރަމުންދާ މިދަނޑިވަަަަަޅުގައި މިވަނީ ފައުޒާންގެ ފޭސްބުކް ޕޯސްޓެއް ވެސް ވައިރަލްވެފަ އެވެ. މީގެ ދެ ދުވަަސް ކުރިން ފައުޒާން ޝެއާކުރި ޕޯސްޓަކީ މަރާ ގުޅޭ ޕޯސްޓެކެވެ.

އެގޮތުން ކުއްލިއަކަށް އޭނާގެ މަރުގެ ހަބަރު ލިބިއްޖެނަމަ އޭނާއަށް މައާފުކުރުމަށާއި ދުއާގައި ބައިވެރިކުރުމަށް އެދުނެވެ. 

“އަހަރެންގެ މަރުގެ ހަބަރު ކުއްލިއަކަށް އިވިއްޖެނަމަ، އަހަންނަށް މައާފު ކުރޭ. އެންމެންގެ ދުއާގައި އަހަރެން ބައިވެރިކުރޭ،” އެ ޕޯސްޓްގައިވެ އެވެ. 

އަސަރުގަދަ ޕޯސްޓަކާއެކު ފައުޒާން، ދުނިޔެއާ ވަކިވެގެންގޮސްފައިވާއިރު އޭނާ އެދޭހެން މިއަދު އޭނާއަށްޓަކައި ކޮށްދެވެން އޮތް ކަމަކީ ދުއާ ކުރުމެވެ. 

 

57%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް