ads
ފޮޓޯ: ޖަމާލުއްދީން ސްކޫލު
ފަސް ސްކޫލެއް ފިޔަވައި ހުރިހާ ސްކޫލެއްގައި ކިޔަަވައިދޭން ފަށައިފި
ރާއްޖޭގެ ފަސް ސްކޫލެއް ފިޔަވައި ހުރިހާ ސްކޫލެއްގައި މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑާ ގުޅިގެން މިވަގުތު ގއ. ދެއްވަދޫ އާއި ލ. ފޮނަދޫ އަދި އެ އަތޮޅު ގަމު، މޮނިޓަރިންގެ ހާލަތުގައި އޮތުމާއެކު އެރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭން ނުފަށާ ކަމަށެވެ. 

އެގޮތުން ކިޔެވުން ނުފަށަނީ ލ. އަތޮޅު އެޑިއުކޭޝަން ސެންޓަރާއި މުކުރިމަގު ސްކޫލާއި ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލުގެ އިތުރުން އިހައްދޫ ސްކޫލާއި ދެއްވަދޫ ސްކޫލުގަ އެވެ. 

މިދިޔަ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު މިއީ ކޮވިޑް-19 ގެ ސަބަބުން މާލޭގެ ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވާ ފުރަތަމަ ދުވަހެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ސްކޫލުތައް ބަންދުކުރުމަށް ފަހު ފަހުން ވަނީ މާލޭގެ ސްކޫލުތައް ފިޔަވައި ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފަށާފަ އެވެ. އަދި މާލޭގެ ކޮވިޑްގެ ހާލަތަށް ބަލާއި މިދިޔަ އަހަރު ނިންމާލިއިރު ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެވިފައި ވަނީ ހަތަކުން މަތީގެ ގްރޭޑްތަކުގެ ދަރިވަރުންނަށް އެކަންޏެވެ. އެހެން ގްރޭޑްތަކަށް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިޔައިރު މިއަދު ވަނީ އެންމެ ދަށް ގްރޭޑްތަކުގެ ކިޔެވުން ވެސް ފަށާފަ އެވެ. 

މިއަދު ކިޔެވުން ފަށާފައި މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް