އަރްޖުން އެކަން ހާމަކޮށް ބުނެފައި ވަނީ އޭނާގެ ލޯބިވެރިޔާއަކީ ފޮތް ކިޔުމަށް ވަރަށް ބޮޑަށް ހިތްޖެހިފައިވާ މީހެެއް ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއަކު ވެސް ދެ ފޮތް ކިިޔާ ނިންމާލާ ކަމަށް ބުނެ އެވެ.
ލޯބިވެރިޔާ ކިޔަނީ ކޮން ކަހަލަ ފޮތެއް ކަމެއް އަރްޖުން ނުބުނެ އެވެ. އެކަމަކު އޭނާ ކިޔާ ފޮތްތަކަކީ ވަރަށް މައުލޫމާތު ރަނގަޅު ފޮތްތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އަރްޖުން އާއި ގަބްރިއެއްލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރުތަކެއްވެފައި ވާއިރު އެމީހުންނަށް ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ.
އަރްޖުން ބުނާ ގޮތުގައި މުޅި ލޮކްޑައުނުގައި އޭނާ ގޭގައި ވަގުތު ހޭދަކުރުމުން ހީވީ ލޯބިވެރިޔާ އާއެކު އުޅޭތާ 18 ވަރަކަށް އަހަރުވެފައިވާ ހެންނެވެ.