ads
މާޒިޔާގެ ކޯޗަކަށް ހަމަ ޖެއްސި ރިސްޓޯ ވިޑަކޮވިޗް
އާ ކޯޗުގެ ފުރަތަމަ މެޗާއެކު މާޒިޔާ އަލުން އެއްވަނައަށް
މާޒިޔާގެ ކޯޗުކަމުގެ މަގާމުން މުހައްމަދު ނިޒާމްބެ އިސްތިއުފާ ދިނުމުން، އަލަށް ޓީމު ހަވާލުކުރި ބިދޭސީ ކޯޗު ރިސްޓޯ ވިޑަކޮޗިޗްގެ ފުރަތަމަ މެޗާ އެކު މާޒިޔާ އަލުން އެއްވަނައަށް އަރައިފިއެވެ. މާޒިޔާ އެއްވަނައަށް އެރީ އާދިއްތަ ދުވަހު ހަވީރު ސުޕަ ޔުނައިޓެޑް ތިން ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ.

ފުރަތަމަ މެޗާއިވެސް އެކު ޓޭބަލްގެ އެއްވަނައިގަ އޮތް މާޒިޔާއަށް އެއްވަނަ މަގާމު ގެއްލުނީ ވެލެންސިޔާ އަދި ދަ ގްރާންޑޭ އަތުން ޕޮއިންޓްތައް ގެއްލުނު އިރު ވެލެންސިޔާގެ މެޗުން އެ ޓީމު މޮޅުވުމުންނެވެ. އެހެންނަމަވެސް ޓީސީ އަތުން ވެލެންސިޔާއަށް މޮޅު ނުވެވުމުގެ ފައިދާ ނަގައިގެން މާޒިޔާ އަލުން އެއްވަނައަށް އެރީ އާ ކޯޗުގެ ފުރަތަމަ މެޗާ އެކުއެވެ. މާޒިޔާއަށް ފަސް މެޗުން އެގާރަ ޕޮއިންޓް ލިބިފައިވާއިރު ވެލެންސިޔާއަށްވެސް ފަސް މެޗުން އެގާރަ ޕޮއިންޓް ލިބިފައި އެބައޮތެވެ. އެހެންނަމަވެސް މާޒިޔާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މާޒިޔާއާ ވެލެންސިޔާ ކުޅުނު މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ.

އާދިއްތަ ދުވަހު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ލަނޑުތައް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް އަދި މުހައްމަދު އުމައިރުއެވެ. ސްޓެވާޓުވަނީ ދެ ލަނޑު ޖަހާފައެވެ. އުމައިރުގެ ލަނޑު އޭނާ ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް