ދަ ގްރާންޑޭގެ މައްޗަށް ގްރީނުން މި ހޯދި ކާމިޔާބަކީ ލީގުގައި މިހާތަނަށް ގްރީންއަށް ލިބުނު ފުރަތަމަ މޮޅެވެ. ދަ ގްރާންޑޭ ކޮޅަށް ގްރީނުން ޖެހި ލަނޑު ޖެހީ ސްޕެއިންގެ ފޯވާޑް އެންހޭލް މުނޯޒެވެ. ފުރަތަމަ ހާފުގެ މި ލަނޑާއެކު މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ މުނޯޒްއެވެ.
ދަ ގްރާންޑޭ ބަލިކޮށް ގްރީނުން ސީޒަންގެ ފުރަތަމަ މޮޅު ހޯދި އިރު މި މެޗަކީ ދަ ގްރާންޑޭ ބަލިވި ފުރަތަމަ މެޗުވެސް މެއެވެ. ގްރީން ދެން ކުޅޭނީ އީގަލްސްއާ ދެކޮޅަށެވެ.