ޓްވިޓާގައި އީޝާ ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ އެކައުންޓު ހެކްކޮށްފައިވާ ކަމަށާއި އެއްވެސް މީހަކަށް މެސެޖެއް ލިބިފައިވާ ނަމަ ޖަވާބު ނުދިނުމަށް އެދޭ ކަމަށެވެ.
މީގެ ކުރިން ވެސް އިންޑިއާގެ ގިނަ މަޝްހޫރު މީހުންގެ އެކައުންޓުތައް ހެކްކޮށްފައި ވެއެވެ. އަދި އެ މައްސަލަތައް ފުލުހަށް ހުށަހަޅާފައި ވެއެވެ.
އެގޮތުން ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ހާން އާއި ރިތޭޝް ދޭޝްމުކް ފަދަ ތަރިންގެ އެކައުންޓު މި ފަހުން ހެކްކޮށްފައި ވެއެވެ.