ޖޭއެސްސީން ބުނީ މި މައްސަލައަކީ ސ. މަރަދޫފޭދޫ މެޖިސްޓްރްރޭޓް ކޯޓަށް ދައުވާ ކުރުމަށް ގެނައި މީހަކަށް އެ ފުރުސަތު ހަނިކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ބެއްލެވީ އެ ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސައިން އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ކޮންމެ މީހަކަށް ވެސް އެ މީހަކު ދިފާއުވުމަށް ގާނޫނީ ވަކީލެއްގެ ބޭނުން ހިފުމުގެ ހައްގު ލިބިގެންވެ އެވެ. އަދި ގާނޫނީ ވަކީލުން ހަމަޖެއްސުމުގައި ދަތިތައް ހުރި ފަރާތްތަކަށް ދައުލަތުގެ ފަރާތުން ވެސް ގާނޫނީ ވަކީލުން ހަމަޖައްސައި ދޭން ޖެހެ އެވެ.