ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ތެރޭގައި މިކަމާ ގުޅޭ ގަރާރަކަށް ވޯޓަށް އެހުމަށް ވަނީ ނިންމާފަ އެވެ. އެ ގަރާރުގައި ނައިބު ރައީސް މައިކް ޕެންސްއަށް ގޮވާލާފައިވަނީ ޓްރަމްޕް މަގާމުން ދުރުކުރެއްވުމަށެވެ.
މިކަން ކާމިޔާބު ނުވެއްޖެ ނަމަ ޑިމޮކްރެޓުން ރަސްމީކޮށް ޓްރަމްޕް ދުރުކުރުމުގެ މަސައްކަތް ފަށާނެ އެވެ. މި މައްސަލަ ފެށިފައި މި ވަނީ މިދިޔަ ހަފްތާގައި ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލް އިމާރާތަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ.
ޓްރަމްޕް ރައީސްކަމުން ދުރުކުރުމަށް މައިކް ޕެންސްއަށް ގޮވާލާ ގަރާރުގެ ވޯޓު މިއަދު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި އޮންނާނެ އެވެ.
އެގޮތަށް ފާސްކޮށް، އެއާ އެއް ގޮތަށް ޕެންސް އަމަލު ކުރައްވައިފި ނަމަ މި ދައުރުގެ އެންމެ ފަހުސް ދުވަސްކޮޅުގައި އެމެރިކާގެ ރައީސްއަކަށް ހުންނަވާނީ އެމަނިކުފާނެވެ.