ads
މީގެ ކުރިން ޗެނަލް13 ގެ އިސްވެރިންނާއި ބްރޯޑްކޮމްއިން ބައްދަލުކުރުން--
ސަފާރީ ރޭޕްއާ ގުޅޭ ކޮންޓެންޓަކާ ގުޅިގެން މައާފަށް އެދެން ޗެނަލް 13 އަށް އަންގައިފި
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން 'މެންދުރު އޮންލައިން' އިން ޝާއިއުކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދިން މައްސަލައިގައި މައާފަށް އެދެން އެ ޗެނަލަށް އަންގައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ ރިޕޯޓް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރަމުން ގެންދަނީ އެއީ ތެދެއްކަން ކަށަވަރުކޮށްގެންތޯ ބަލައިދިނުމަށް ހުށަހަޅާފައިވާތީ، ކޮމިޝަނުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. 

އެގޮތުން ހުށަހަޅާފައިވާ އެ ޝަކުވާއާ ގުޅިގެން ވަކި ފަރާތަކަށް ބުރަނުވެ މުސްތަގިއްލު ތަހްގީގެއް ކޮމިޝަނުން ކުރުމަށް، ރާއްޖޭގެ ގާނޫނުއަސާސީ އާއި ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުތަކެއް ދީފައިވީ ނަމަވެސް، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައި ނުވާ ކަމަށް ބުނެ އެވެ. 

ބްރޯޑްކޮމް އިން ބުނީ ޗެނަލް13 އިން، 28 ޖޫން 2020 ވަނަ ދުވަހުގެ ރޭ 23:44 ގައި ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓްގައި ހިމެނޭ ކަންތައްތަކަކީ، ޖިނާއީ ތުހުމަތުތަކަކަށް ވާއިރު، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަކީ އެ ކޮމިޝަންގެ އިހްތިސޯސް ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް13 އިން 28 ޖޫން 2020 ވަނަ ދުވަހުގެ ރޭ 23:44 ގައި ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގައި ހިމެނޭ މުޖުތަމައުގެ އަދަބު އަހްލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުމާއި އަދި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުމާއި އޮރިޔާން ކާޑާއި އޮރިޔާން ކާޑުގެ މާނައިގައި ހިމެނޭ އެއްޗިއްސާއި ޖިންސީ ގުޅުން ސިފަވާ މަންޒަރާއި އަޑު ހިމެނޭ އެއްވެސް އެއްޗެއް ބްރޯޑްކާސްޓްނުކުރުމާއި ހިލާފުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން މިއީ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ އެކެއް، ދޭއް އަދި ތިނަކާއި މީޑިއާ ރިންގް ޗެނަލް 13 އިން ހިލާފުވި ފުރަތަމަ ފަހަރު ކަމުގައި ވާތީ، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، އެފަދަ ކޮންޓެންޓުތައް ފޮނުވުމުގައި ސަމާލުވުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ނަސޭހަތްތެރިވެފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް