ކަސްޓަމްސް އިން މައުލޫމާތުދޭ ގޮތުގައި އެ ތަކެތި އަތުލައިގެންފައިވަނީ އިއްޔެ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
އެގޮތުން ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ހުރި ޕޯސްޓް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 14.00 ގްރާމް ހުރި ކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 42,000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.
އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު އެ މައްސަލަ އިތުރަށް ތަހްގީގްކުރުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ.