ސޯޝަލް މީޑިއާގައި ތައިމޫރަށް ތަފާތު މީމްސްތައް ހަދާއި ޝެއާކުރަމުން އަންނަނީ އަނުޝްކާ އާއި ވިރާޓްއަށް ދަރިއަކު ލިބުން އޭނާއަށް މާބޮޑު ސަމާލުކަމެއް ނުލިބުމުން ވާ ދެރަ ފެންނަ ގޮތަށެވެ.
އުމުރުން އެންމެ ހަތަރު އަހަރުގެ ތައިމޫރު ނޮޅާއި ކަމުން އަންނައިރު ތައިމޫރަކީ އެކުއްޖާ އުފަންވީއްސުރެ ޕަޕަރާޒީންގެ ކެމެރާތައް އަބަދުވެސް އަމާޒުވާ ކުއްޖެކެވެ. އެހެންނަމަވެސް މީހުން ލަފާކުރަނީ އޭނާއަށް ދެން މާބޮޑު ސަމާލުކަމެއް ނުލިބޭނެ ކަމަށެވެ.
ތައިމޫރުގެ ފަހަތުން ޕަޕަރާޒީން ނުދުވުމަކީ އޭނާގެ އާއިލާއިން އެދޭ ކަމެކެވެ. އެގޮތުން މީގެ ކުރިން ސައިފް އާއި ކަރީނާ ވެސް ވަނީ ތައިމޫރަށް އާދައިގެ ދިރިއުޅުމެއް ދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން ތައިމޫރުގެ މާމަ ވެސް ވަނީ އެކުއްޖާއަށް މިހާރު ލިބޭ ސަމާލުކަން ކުޑަވުމަށް އެދޭ ކަމަށް ބުނެފަ އެވެ. އެގޮތުން އަނުޝްކާ ބަނޑުބޮޑުވުމުގެ މާކުރިން އޭނާ ވަނީ އަނުޝްކާ އާއި ވިރާޓަށް ދަރިއަކު ލިބުމުން ސަމާލުކަން ކުޑަވާނެ ކަމަށާއި އުއްމީދުކުރަނީ އެމީހުންނަށް އަވަހަށް ދަރިއަކު ލިބުން ކަމަށް ބުނެފަ އެވެ.
ކޮންމެއަކަސް، އެ އާއިލާއިން ބޭނުންވި ގޮތަށް މިއަދު އަނުޝްކާ އާއި ވިރާޓްގެ ކައިވެންޏަށް އަލަތު ދަރި ލިބިގެންދިޔައިރު ވިރާޓް ވެސް ވަނީ އެމީހުންގެ ޕްރައިވަސީއަށް އިހުތިރާމުކުރުމަށް އެދިފަ އެވެ.