އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ އޮގަސްޓު އެއްވަނަ ދުވަހާ ހަމައަށެވެ.
ނަމަވެސް ހާލަތު ރަނަގަޅު ނަމަ އެއަށްވުރެ އަވަހަށް ނުރައްކަލުގެ ހާލަތު އުވާލާނެ ކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ.
މި ނިންމުމުގެ ސަބަބުން މެލޭޝިއާގެ އިންތިހާބުތައް ވެސް ފަސްވާނެ އެވެ.
މެލޭޝިއާގައި ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބަށް ފަހު ނަންބަރުތައް އަންނަނީ އިތުރުވަމުންނެވެ.
އިއްޔެ އެކަނިވެސް ވަނީ 20،000 މީހުން އެގަައުމުން ޕޮޒިޓިވްވެފަ އެވެ.