
ކުއްޖާގެ މޫނު މިހާތަނަށް ދައްކާލާފައި ނުވާއިރު ގިނަ ބަޔަކު ތިބީ އެ ކުއްޖާ ދެކެން ކެތްމަދުވެފަ އެވެ. އެހެންނަމަވެސް އާއިލާގެ ޕްރައިވަސީއަށް އިހުތިރާމުކުރަން ވިރާޓްގެ ފަރާތުން އިއްޔެ ވެސް އެދިފައިވަނިކޮށް މިދަނޑިވަޅުގައި ބަޔަކު މީހުން އަންނަނީ އެކުއްޖާގެ ފޮޓޯ ކަމަށް ބުނެ ފޮޓޯއެއް ދައުރުކުރަމުންނެވެ.
އެހެންނަމަވެސް ދައުރުކުރަމުންދާ ފޮޓޯއަކީ 2009 ވަނަ އަހަރުގެ ފޮޓޯއެއް ކަމަށްވެ އެވެ.. އެ އަހަރު ވެސް މައިންނާއި ގުޅޭ އާޓިކަލްއެއްގައި އެ ފޮޓޯ ބޭނުންކޮށްފައިވެ އެވެ.
ދައުރުވާ ފޮޓޯ--
ފޭކް ފޮޓޯއެއް ދައުރުކުރަމުން އަންނައިރު ޔޫޓިއުބަށް ބަލާލިޔަސް ފެނިގެންދަނީ ހަމަ މިފަދަ މަންޒަރެކެވެ.
ޔޫޓިއުބުގެ ސްކްރީން ޝޮޓެއް
އަނުޝްކާ އާއި ވިރާޓަށް ދަރިއަކު ލިބުމާއެކު އިއްޔެ ފެނިގެންދިޔައީ ސޯޝަލް މީޑިއާގައި އުމުރުން އެންމެ ހަތަރު އަހަރުގެ ތައިމޫރާއި ބެހުނު މަންޒަރެވެ. އެގޮތުން އެ ކުއްޖާއަށް ސަމާލުކަން ނުލިބޭނެ ކަމަށް ބުނެ މީމްސްތައް ހަދައި ޖޯކު ޖަހަމުންދިޔަ އެވެ.
އަނުޝްކާ އާއި ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު މިއީ އެމީހުންގެ އަލަތު ދަރިފުޅެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުންގެ ދަރިފުޅަށް ކިޔާފައި ވަނީ އަންވީ އެވެ. އެހެންނަމަވެސް އަދި ކަށަވަރުކޮށެއް ނުދެެ އެވެ.