ads
ޕާކް ވޮލީބޯލް ޗެމްޕިއަންޝިޕް 2021
ހުޅުމާލޭގައި އެޗްޑީސީން ބީޗްވޮލީ މުބާރާތެއް ފަށަނީ
ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ޕާކް ވޮލީ މުބަރާތެއް ފަށަން ތައްޔާރުވެއްޖެއެވެ.

އެޗްޑީސީ ޕާކް ވޮލީބޯޅަ މުބާރާތުގެ ނަމުގައި ބާއްވާ މި މުބާރަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އިން 23 ގެ ނިޔަލަށެވެ. 

އަންހެން އަދި ފިރިހެން ޑިވިޝަން ވެސް ހިމެނޭ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުއާތްރޯ ވާޝަންއަށެވެ. އެގޮތުން މުބާރާތުގެ އަންހެން ޑިވިޝަންގައި އޮންނާނީ އޯޕަން ކެޓަގަރީއެވެ. އަދި ފިރިހެން ޑިވިޝަންގައި ކޮންމެ ޓީމެއްގައި ވެސް 35 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކު އަދި 45 އަހަރުން މަތީގެ ކުޅުންތެރިއަކު ހުންނަން ޖެހެއެވެ. 

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މުބާރާތުގެ އިންތިޒާމު ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ސާޖިދު ވިދާޅުވީ، ޓީމުގައި 35 އަހަރުން ދަށުގެ ކުޅުންތެރިއަކާއި 45 އަހަރުން މަތީގެ ކުޅުންތެރިއެއް ހިމަނަން ޖެހޭ ގޮތަށް ގަވާއިދުގައި ހިމެނީ، މި މުބާރާތް ނިމުމާއިއެކު ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ އިތުރު ދެ ބީޗްވޮލީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވާތީ ކަމަށެވެ. 

އެގޮތުން ވީއޭއެމްއިން ބާއްވާ ދެ މުބާރާތް ފެށުމަށް ތާވަލު ކުރެވިފައިވަނީ އެޗްޑީސީ ޕާކް މުބާރާތް ނިމުމާއި އެކުއެކީގައި ކަމަށާއި، ވީއޭއެމްއިން ބާއްވާ ދެ މުބާރާތަކީ، ބީޗް ވޮލީ އޯޕަން މުބާރާތަކާއި، އަދި 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ ޔޫތު މުބާރާތެއް ކަމުން، އެޗްޑިސީން ބާއްވާ މުބާރާތުގައި ވީހާވެސް ގިނަ އުމުރުފުރާގެ ކުޅުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށް، ވީއޭއެމްގެ ހިންގުމާއިވެސް ހަވާލުވެ ހުންނެވި މުހައްމަދު ސާޖިދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް