ކުރިން މިމަހުގެ 14 ވަނަ ދުވަހުކުރަން އޮތް ހުކުމް މިހާރު ވަނީ މިމަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.
އެކަމާއި ގުޅިގެން ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓު ކޭސްހެން މާދަމާކުރަން އޮތް ހުކުމް ލަސް ކުރެވުނު ނަމަވެސް ނުފޫޒުން އެއްކިބާ އިންސާފުވެރި ހުކުމަކަށް އުއްމީދުކުރައްވާ ކަމަށެވެ.
ޕީޕީއެމްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގައްސާން އެފަދަ ޓްވީޓެއް ކުރެއްވިއިރު ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރުން ފަސްކުރުމާއެކު އިދިކޮޅުގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ "ޖަސްޓިސް ޑިލެއިޑް އިޒް ޖަސްޓިސް ޑިނައިޑް" ކަމަށެވެ.