ads
ބާންލީ މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ޖެހީ ޕޮގްބާ
ޕޮގްބާގެ ލަނޑުން ޔުނައިޓެޑު ޓޭބަލްގެ އެއްވަނައަށް
އިނގިރޭސި ޕްރިމިއަ ލީގުގައި އަންގާރަ ދުވަހުގެ ރޭ ބާންލީ ބަލިކޮށް ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް މެންޗެސްޓަ ޔުނައިޓެޑް އަރައިފިއެވެ. މެންޗެސްޓަ އެއްވަނައަށް އަރަން ބާންލީ ކޮޅަށް ޖެހި ލަނޑު ޖެހީ ޕައުލް ޕޮގްބާއެވެ. މިއީ މެޗުގެ ހަމައެކަނި ލަނޑެވެ.
Advertisement

ދެވަނަ ހާފުގައި ޕޮގްބާ ޖެހި މި ލަނޑާ އެކު ޔުނައިޓެޑް ޓޭބަލްގެ އެއްވަނައަށް އެރީ ސަތާރަ މެޗުން ތިރީސް ހަ ޕޮއިންޓް ހޯދައިގެނެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ސަތާރަ މެޗުން ލިބިފައިވަނީ ތިރީސް ތިން ޕޮއިންޓެވެ. ލީގުގައި ދެން އޮތީވެސް މި ދެ ޓީމުގެ ކުރިމަތިލުމެވެ. އެހެންކަމުން އެ މެޗުން ބަލި ނުވެ ފަރުޖައްސާލެވިއްޖެ ނަމަ ޔުނައިޓެޑަށް އެއްވަނަ މަގާމުގައި އޮވެވޭނެއެވެ. އަދި ލިވަޕޫލްގެ މައްޗަށް ކުރި ހޯދިއްޖެނަމަ ލިވަޕޫލާ ދެމެދު ފަރަގު ހަ ޕޮއިންޓަށް އިތުރު ކުރެވޭނެއެވެ. 

ބާންލީ ބަލިކޮށް ޔުނައިޓެޑު ޓޭބަލްގެ އެއްވަނައަށް އެރުން ވެގެންދާނީ ސާ އެލެކްސް ފާގަސަން ރިޓަޔާ ކުރި ފަހުން ލީގުގެ މިހާ ހިސާބުގައި ޓޭބަލްގެ އެއްވަނަ މަގާމަށް ޔުނައިޓެޑް އެރި ފުރަތަމަ ފަހަރަށެވެ. އަދި މި ސީޒަންގައި އަވޭގައި ބައިކޮޅަށް ގޯލެއް ނުވަދެ ނިންމާލި ފުރަތަމަ މެޗަކީވެސް މިއީއެވެ. ރޭގެ މެޗުގައި ޔުނައިޓެޑުގެ ތަޖުރިބާކާރު ފޯވާޑު އެޑިސަން ކަވާނީވަނީ ތިން މެޗުގެ ސަސްޕެންޝަނެއް ނިންމުމަށް ފަހު އަލުން އެނބުރި ޓީމާ ގުޅިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް