ads
ނިކް އަދި ޕްރިޔަންކާ--
ނިކްގެ ހިފެހެއްޓުމެއް ނެތް ތައުރީފު ޕްރިޔަންކާއަށް
ޕްރިޔަންކާ ޗޯޕްރާގެ ކުރިއަށް އޮތް ފިލްމު "ދަ ވައިޓް ޓައިގާ" މި މަހުގެ ފަހުކޮޅު ނިކުންނާނެ އެވެ. މި ފިލްމުގައި ޕްރިޔަންކާ އާއެކު ފެންނާނީ ރާޖްކުމާރު ރާއޯ އަދި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފުވާ އަދާޝް ގޯރަވް އެވެ. ފިލްމު ނެރުމުގެ ކުރިން އޭގެ ޕްރޮމޯޝަނުގެ މަސައްކަތުގައި މިހާރު ޕްރިޔަންކާ އުޅެނީ އަވަދިނެތި އެވެ. ބެލެވޭ ގޮތުގައި ފިލްމު ނެރުމުގެ ކުރިން ފިރިމީހާ ނިކް ޖޯނަސް އަށް މި ވަނީ ފިލްމު ބަލާލުމުގެ ފުރުސަތު ލިބިފަ އެވެ.

އިންސްޓަގްރާމުގައި ނިކް ޕޯސްޓުކުރި ވީޑިއޯއަކުން ފެނިގެން ދަނީ އޭނާގެ ޕްރައިވެޓު ތިއޭޓަރުގައި ފިލްމު ބަލަން އުޅެނިކޮށެވެ. ވީޑިއޯގައި ނިކް ވަނީ ޕްރިޔަންކާގެ އެކްޓިންއަށް ވަރަށް ތައުރީފުކޮށްފަ އެވެ. އަދި މި ފިލްމަކީ "އަންރިއެލް" ނުވަތަ ގަބޫލުކުރަން ދަތިވާހާ މޮޅު ފިލްމެއް ކަމަށާއި ޕްރިޔަންކާގެ އެކްޓިން "އާދަޔާ ހިލާފަށް މޮޅު" ކަމަށް ބުނެފައި ވެއެވެ. 

ޕްރިޔަންކާ އިއްޔެ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައި ފިލްމުގެ ވާޗުއަލް ޕްރެސް ޓުއާ ލަންޑަނުން ފަށައިފި ކަމަށެވެ. އަދި ފިލްމު ޕްރޮމޯޓު ކުރަން މީޑިއާ އާއެކު ބޭއްވި ބައްދަލުވުންތަކުގެ ބައެއް ފޮޓޯތައް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މި ފިލްމު މުޅިން އަލަށް ފެނިގެންދާ އަދާޝްއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން އަމާޒުވެފަ އެވެ. އެގޮތުން ޓްރެއިލާ ބެލި ގިނަ މީހުން ވެސް ދައްކަނީ އޭނާގެ ވާހަކަ އެވެ. އަދާޝްއާ ބެހޭ ގޮތުން ޕްރިޔަންކާ ބުނީ އެއީ ހުނަރުވެރި ޒުވާނެއް ކަމަށާއި ފިލްމުގެ ތަރިއަކީ އޭނާ ކަމަށެވެ. 

"ދަ ވައިޓް ޓައިގާ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޖެނުއަރީ 22 ވަނަ ދުވަހު ނެޓްފްލިކްސް ގައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް