ads
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ--
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީއަކަށް ރިޒްވީ
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު އެކުލަވާލައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ރިޒްވީ ހަމަޖައްސައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑު އެކުލަވާލައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ރިޒްވީއެވެ. އަދި ޗެއާމަންއަކަށް އަބްދުއްލަތީފް ގާސިމް ހަމަޖައްސާފައިވާއިރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ދެން ތިއްބަވަނީ މުހައްމަދު ފިރުޒުލް އާއި، މުހައްމަދު ޝަފާއު ހުސައިން، ހުސައިން ޝާމިން އަދި އަބްދުﷲ ވަހީދުއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ ސަރުކާރު ބޮޑު ހިއްސާއެއްވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދާ ސަރަހައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށްޓަކައި އުފެެެެއްދި ކުންފުންޏެކެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އުފެއްދެވި ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް