ads
ދީޕިކާ އަދި ރަންވީރް
ދީޕިކާގެ އިތުބާރު އެތައް ފަހަރަކު ގެއްލުނު
ދީޕިކާ އާއި ރަންވީރްގެ ލޯބީގެ ވާހަކައަކީ އެތައް ބަޔަކު ދައްކާ ވާހަކައެކެވެ. އެ ފަލްސަފާ ހަނދާން ކުރަމުން ދީޕިކާ ބުނެފައިވަނީ އޭނާގެ އިތުބާރު އެތައް ފަހަރަކު ގެއްލުނު ކަމަށެވެ.
Advertisement

ފިލްމު ފެޔާ އެވޯޑްސްގައި ވާހަކަދައްކަމުން ދީޕިކާ ބުނެފައިވަނީ ރަންވީރް އާއި ލޯބީގެ ގޮތުން ގުޅުނު އިރުގައި ރަންވީރު ވަރަށް ޝައްކު ކުރާ ކަމަށެވެ. އެއީ ރަންވީރުގެ މައްސަލައެއް ވެސް ނޫން ކަމަށް އޭނާ ބުންޏެ ވެ. އެއީ ދީޕިކާ ރަންވީރު އާއި ރައްޓެހިވިއި ރުގައި އޭނާ ވަނީ ވަރަށް ގިނަ މީހުންނާ ލޯބީގެ ގޮތުން ގުޅިފައި ކަމަށާއި އަދި އެމީހުން އޭނާގެ އިތުބާރު ވަނީ ގެއްލުވާލާފައި ކަަމަށް ބުންޏެވެ. އެހެންކަމުން އޭނާ ހުރީ ވަރު ބަލިވެފައި ކަމަށާއި އެ ސަބަބާ ހުރެ ރަންވީރު ބިރުން ހުރީ ދީޕިކާ އޭނާ ދޫކޮއްލާފައި ގޮސްދާނެތީ ކަމަށް ދީޕިކާ ބުންޏެވެ.

އެ ވާހަކަ އިތުރަށް ކިޔައިދެމުން ދީޕިކާ ބުނީ 2012 ވަނަ އަހަރުގައި އޭނާ ރައްޓެހިވެގެން އުޅުނު މީހާ އޭނާ ދޫކޮށްލާފައި ދިޔުމުން އޭނާއަށް އިހްސާސްވީ މުޅި ދުނިޔެ ނިމުނީ ކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް އެ ހިތި ތަޖްރިބާ ކުރަން އޭނާ ބޭނުން ނުވި ކަމަށާއި އޭނާ ބޭނުންވީ ސީރިއަސް ކަމެއް ނެތި އުޅެން ކަމަށް ބުންޏެވެ.

އެހެންކަމުން އޭނާ ރަންވީރު އާއި ދިމާވުމުން އެހާ ސީރިޔަސް ރިލޭޝަންޝިޕެއް ބޭނުން ނުވ ކަމަށާއި ދެ މީހުން އެކަކު އަނެކަކަށް ކަމު ދިޔަ ނަމަވެސް ކޮމިޓްމަންޓް ދޭން ބޭނުން ނުވި ކަމަށް ބުންޏެވެ. 

ދީޕިކާގެ އެ ވާހަކައަށް ބާރުދެމުން ރަންވީރު ވެސް ފިލްމު ފެޔާ އެވޯޑްސްގައި ބުނެފައިވަނީ އޭނާގެ ހަޔާތުގައި އެއްވެސް ސީ ރިއަސް ގުޅުމެއް ބާއްވަން އޭނާ ބޭނުންނުވި ކަމަށެވެ. ނަމަވެސް ދީޕިކާ ލިބުނު ފަހުން އެ ވިސްނުން ބަދަލުވެގެން ދިޔަ ކަމަށެވެ. އަދި މިހާރު އޭނާ ބޭނުންވަނީ އާއިލީ މީހަކަށް ވުމަށެވެ. އަދި ދަރިން ހޯދާ ދީޕިކާ އާއެކު އުފަލުގައި އުޅުމަށެވެ.

ދީޕިކާ އާއި ރަންވީރުގެ ލޯބީގެ ފަލްސަފާއަކީ ގިނަ ބަޔަކު މިސާލު ނަގާ ވާހަކައެކެވެ. 

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް