ads
ހުޅުމާލޭގައި ސަފާރީތައް އަޅާފައި-- ފޮޓޯ: ސަން
ސަފާރީ ރޭޕް: ހެކި ނެތުމުން ދެ މީހަކަށް ދައުވާ ނުކުރަން ނިންމައިފި
ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޏާ އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އަނެއް ދެމީހުންނަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މި މައްސަލާގައި މިހާތަނަށް ޕީޖީން ދައުވާ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުން، ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާން ގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ. 

ޕީޖީން މިއަދު ބުނީ، މި މައްސަލާގައި ފުލުހުން ޕީޖީ އޮފީހުގައި ދައުވާކޮށްދޭން އެދިފައިވާ ތިން މީހުންގެ ތެރެއިން ޝާން ފިޔަވައި އަނެއް ދެމީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް އެމީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. 

މި މައްސަލާގައި ޝާންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. 

މި މައްސަލާގައި އެންމެ ފުރަތަމަ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ނަމަވެސް އެ ދެމީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި ވިކްޓިމްގެ ބަޔާން ބަދަލުކުރުމަށް ފުލުހުން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް ވިކްޓިމްގެ ވަކީލަކު ވަނީ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް