
ނާއިރާގެ ރޯލް ކުޅޭ ޝިވާންގީ ޖޯޝީ އެ ސީރީޒްއިން ވަކިވީތޯ އެއީ ވެސް ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ.
މި ސުވާލުތަކުގެ ޖަވާބު ވެގެން ދިޔައީ އުފާވެރި ހަބަރަކަށެވެ. އެ ސިރީޒްގެ ޑައިރެކްޓަރުން ބުނެފައިވަނީ އަދި ނާއިރާ އަނބުރާ އަންނާނެ ކަމަށެވެ. އަދި ޝިވާންގީ އެ ސީރީޒްއިން ވަނި ނުވާ ކަމަށް ވެސް ޑައިރެކްޓަރުން މައުލުމާތު ދެއެވެ.
ނާއިރާ އަނބުރާ އަންނައިރު ބެލުންތެރިންނަށް ބޮޑު ޝަޕްރައިޒް އެއްވެސް ލިބިގެންދާނެ ކަމަށް އެމީހުން ބުނެއެވެ.
ކާރްތިކް އަދި ނާއިރާ
ސްޓާ ޕްލަސްއިން ދައްކާ "ޔޭރިޝްތާ ކިޔާ ކެހެލާތާ" އަށް މިހާރު 12 އަހަރު ފުރިފައިވާއިރު ޖުމްލަ 3300 އެޕިސޯޑް ވަނީ ބެލުންތެރިންނަށް ގެނެސްދީފަ އެވެ.
އެ ސީރިޒްއަކީ ބެލުންތެ ރިންނަށް ވަރަށް ކަމުދާ ސީރީޒްއަކައް ވީނަމަވެސް މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ނިމޭނެ ދުވަހަކަށެވެ.