މީގެ ކުރިން ޓްވިޓާ އާއި ފޭސްބުކްއިން ވެސް ޓްރަމްޕް ސަސްޕެންޑުކޮށްފައި ވެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން އެގޮތަށް އަމަލު ކުރަމުން ދަނީ ޓްރަމްޕްގެ ސަޕޯޓަރުންތަކެއް ކެޕިޓޮލް އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގާފައިވާ ދަނޑިވަޅެއްގަ އެވެ.
ޔޫޓިއުބުން ބުނީ ޓްރަމްޕްގެ ޗެނަލަށް އަޕްލޯޑް ކުރި ވީޑިއޯއެއް ނެގުމަށް ފަހު އެ ޗެނަލް ސަސްޕެންޑު ކުރަން ޖެހުނީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަހަލަ މައުލޫމާތު ހިމެނޭތީ ކަމަށެވެ.
އޭގެ އިތުރުން ޓްރަމްޕްގެ ޗެނަލުގައި އެއްވެސް މުއްދަތެއް ނެތް ގޮތަށް ކޮމެންޓު ނުކުރެވޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ.
ޓްރަމްޕްގެ ޗެނަލް ފޮލޯކުރަނީ 2.77 މިލިއަން މީހުންނެވެ.