ads
ވިރާޓް އާއި އަނުޝްކާ--
ދަރީގެ ފޮޓޯ ނުނެގުމަށް އެދި "ވިރުޝްކާ"ގެ ވަރުގަދަ ބަޔާނެއް
ވިރާޓް ކޯލީ އާއި އަނބިމީހާ އަނުޝްކާ ޝަރްމާއަށް މިމަހުގެ 11 ވަނަ ދުވަހު ދަރިއަކު ލިބިފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމީހުންނަށް ވަނީ މަރުހަބާގެ މެސެޖްތައް ލިބިފަ އެވެ. ދަރިފުޅަށް ދޭނެެ ނަމެއް ވެސް އެތައް ބަޔަަކު ދިޔައީ ސޯޝަލް މީޑިއާގައި މަޝްވަރާކުރަމުންނެވެ.
Advertisement

ކުއްޖާގެ ފޮޓޯއެއް ބަލާލުމަށް އެތައް ބަޔަކު ކެތްމަދުވެފައިވަނިކޮށް ޕަޕަރާޒީންނަށް މި ދެމަފިރިންގެ ފަރާތުން މިވަނީ އެންގުމެއް ފޮނުވާފަ އެވެ. އޭގައި ވަނީ ބޮޑު އެދުމެއް ޕަޕަރާޒީންގެ ކިބައިން އެދެން ބޭނުންވާ ވާހަކަ އެވެ.

އެގޮތުން ދަރިފުޅުގެ ފޮޓޯ ނުނެގުމަށާއި އެކުއްޖާއާ ގުޅޭ ގޮތުން އެއްްވެސް ކޮންޓެންޓެއް ނުގެނެސްދިނުމަށް އެދިފައިވެ އެވެ. އަދި އެ މީހުންގެ އެ ނިންމުމަށް އިހުތިރާމު ކުރުމަށް އެދި އޭގައި ބުނީ އެ ދެމަފިރިންގެ މަސައްްކަތާ ގުޅޭ ކަންކަން ހިއްސާކުރާނެ ކަމަށެވެ.  

ތަރިންގެ ދަރިންނަކީ ޕަޕަރާޒީންގެ އުނދަގޫ އިންތިހާއަށް ކުރިމަތިވާ ބަޔެކެވެ. އެހެންނަމަވެސް އަނުޝްކާ އާއި ވިރާޓް ބޭނުންވަނީ އެމީހުންގެ ދަރިއަށް އާދައިގެ ދިރިއުޅުމެއް ހޯދައިދޭށެވެ.

އަނުޝްކާ އާއި ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު މިއީ އެމީހުންގެ އަލަތު ދަރިފުޅެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުންގެ ދަރިފުޅަށް ކިޔާފައި ވަނީ އަންވީ އެވެ. އެހެންނަމަވެސް އަދި ކަށަވަރުކޮށެއް ނުދެެ އެވެ.  

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް