ads
ފޮޓޯ:ރާއްޖެ ޑޮޓްއެމްވީ
ޕޮޒިޓިވްވި ޓީޗަރާއި އެއްވެސް ދަރިވަރަކު ދިމާ ނުވޭ، ކިޔެވުން ކުރިއަށް ދާނެ: އެޑިޔުކޭޝަން
އަމީނިއްޔާ ސްކޫލުން ޕޮޒިޓިވްވި ޓީޗަރާއި އެއްވެސް ދަރިވަރަކު ކޮންޓެކްޓް ނުވާ ކަމަށާއި ކިޔެވުން ކުރިއެކޭވެސް އެއްގޮތައް ކުރިއަށް ދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިކަމާއި ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެމުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދެމުން އަންނަ ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވްވެފައި ވީނަމަވެސް އެ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެއްވެސް ކުއްޖަކާއި ޓީޗަރު ކޮންޓެކްޓް ވެފައި ނުވާ ކަމަށެވެ. އަދި ސްކޫލްގައި މިހާރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވިފައިވާ ކަމަށާއި އެހެންކަމުން އެ ސްކޫލްގެ ކިޔެވުން ހުއްޓާނުލާ ކުރިއެކޭވެސް އެއްގޮތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. 

މިނިސްޓްރީން އިތުރަށް ބުނީ އެ ކޭސް އިތުރަށް ބަލާ ކޮންޓެކްޓް ޓްރޭސިން މިހާރު ހަދަމުންދާ ކަމަށެވެ. އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދެމުން އަންނަ ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެޗްއީއޯސީން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޓީޗަރުގެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ދިމާވެފައިވާ އިތުރު ޓީޗަރުން ކަރަންޓީނު ކޮށްފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި ކަރަންޓީނު ކުރެވުނު އިތުރު ޓީޗަރުންނާއި ދިމާވެފައިވަނީ ސްކޫލު މާހައުލުން ބޭރުން ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

އެޗްއީއޯސީން ވެސް ބުނެފައިވަނީ ސްކޫލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވުމުން، އެއްވެސް ދަރިވަރެއް ކޮންޓެކްޓެއްގެ ގޮތުގައި ނުބެލޭ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް