ކުވެއިތުގެ ދައުލަތުގެ މީޑިއާ، ކުވެއިތް ނިއުސް އެޖެންސީއާއި ހަވާލާދީ އަލްޖަޒީރާ ނޫހުގައި ބުނެފައިވަނީ ކުވައިތުގެ ސަރުކާރުގެ މިނިސްޓަރުންގެ އިސްތިއުފާ އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވާފައިވަނީ އަންގާރަ ދުވަހު ކަމަށެވެ.
ކުވައިތުގެ ސަރުކާރުގެ މިނިސްޓަރުން މަގާމުން އިސްތިއުފާ ދީފައިވަނީ އެގައުމުގެ ސަރުކާރާއި މަޖިލީހުގެ ދެމެދުގައި ހުރި ކަންކަމުގެ ސަބަބުން ދިމާވެފައިވާ ހާލަތުގެ ސަބަބުން އަދި ގައުމަށް ރަނގަޅު ގޮތް ހޯދައިދޭންކަމަށް ބުނެއެވެ.
ކުވައިތުގެ ގާނޫނު ބުނާ ގޮތުން އެގައުމުގެ މިނިސްޓަރުންގެ އިސްތިއުފާ ފޮނުއްވަން ޖެހެނީ ގައުމުގެ ބޮޑުވަޒީރަށެވެ. އަދި އެ އިސްތިއުފާ ބަލައިގަންނަނީ އަމީރަށް އިސްތިއުފާ ހުށަހެޅުމުންނެވެ. މިނިސްޓަރުންގެ އިސްތިއުފާ އަމީރަށް ހުށަހަޅަން ޖެހެނީ ބޮޑުވަޒީރެވެ.
ނަމަވެސް ސަރުކާރުގެ މިނިސްޓަރުންގެ އިސްތިއުފާ އަމީރު ބަލައިގަނެފައިވާ ކަމެއް މިހާތަނަށް އާންމު ކޮށްފައެއް ނުވެއެވެ.
އެ ގައުމުގެ ސަރުކާރުގެ މިނިސްޓަރުން އިސްތިއުފާ ފޮނުވާފައިވަނީ އެ ގައުމުގެ ބޮޑުވަޒީރާއި މަޖިލީހުން ސުވާލު ކުރުމަށް ތައްޔާރުވަމުން އަންނަނިކޮށެވެ. އެއާއެކު ސަރުކާރައި މަޖިލީހުގެ ދެމެދުގައި އެކި މައްސަލަތައް ކުރިމަތިވެފައިވާއިރު، މިކަމުގެ ސަބަބުން އެގައުމުގެ ތެލުގެ ވިޔަފާރިއަށާއި، ކޮވިޑުގެ ބަލިމަޑުކަމުން ކުރިމަތިލާންޖެހުނު އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށް އެގައުމުން ބުނެއެވެ.