ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3318 ސާމްޕަލެއް ނަގާފައިވާއިރު ޕޮޒިޓިވްވީ 59 މީހުން ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 17 މީހުން ޕޮޒިޓިވްވެފައިވާއިރު އަތޮޅު ތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ ނުވަ މީހެކެވެ.
މިއަދު ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން ރިސޯޓުތަކުން ޕޮޒިޓިވްވެފައި ވަނީ 33 މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ އަދަދު މިވަނީ 14،277 އަށް އަރާފަ އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 13،438 މީހުން ވަނީ ބަލިން ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 783 ގަ އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 55 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ބަލީގައި މަރުވީ 49 މީހެކެވެ.