ads
ޕަރީނިތީ
ޕަރިނިތީގެ އާ ފިލްމު: ނޭވާ ހިފަހައްޓާލަން ޖެހޭހާ މޮޅު!
ބަތަލާ ޕަރިނިތީ ޗޯޕްރާ ލީޑް ރޯލުން ފެނިގެންދާ ނެޓްފިލްކްގެ ދަ ގާލް އޮން ޓްރެއިންގެ ޓްރެއިލާ ރިލީސް ކޮށްފިއެވެ.

މިދިޔަ އަހަރު މެއި މަހު ރިލީޒް ކުރުމަށް ފުރަތަމަ ޝެޑިއުލް ކުރެވުނު މި ފިލްމުގެ ޓްރެއިލާ ރިލީސް ކޮށްފައިވަނީ މި ހަފްތާގައެވެ. 

މީގެ ކުރިން 2020 ގައި ރިލީސް ކުރުމަށް ނިންމާފައިވާ މި ފިލްމު ރިލީސް ކުރާ ތާރީހު ފަސް ކުރަން ޖެހުނީ ކޮވިޑް 19 އާއި ގުޅިގެންނެވެ. އެގޮތުން މިހާރު މި ފިލްމު ރިލީސް ކުރުމަށް ޝެޑިއުލް ކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 26 އަށެވެ.

ޕަރިނިތީގެ ހުނަރުވެރި އެކްޓިން ފެނިގެންދާ މި ޓްރެއިލާއަކީ ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ޓްރެއިލާއެކެވެ. އެގޮތުން ޓްރެއިލާ ފަށާއިރު މަގުމަތީގައި ޕަރިނިތީ ހުންނަ މަންޒަރު ފެނިގެންދެއެވެ. އަދި ރޭލެއްގެ ތެރޭ އުޅޭ މަންޒަރާއި، މޫނުމަތި ޒަހަމްވެފައި ހުރި މަންޒަރެއް ފެނިގެން ދެއެވެ. ދެން ފެނިގެންދާ ކޮންމެ މަންޒަރަކީވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ މަންޒަރެކެވެ. މާ ބޮޑަށް ފިލްމުގެ ހާދިސާ ފަހުމު ނުވި ނަމަވެސް، ބެލުންތެރިންގެ ސަމާލުކަން ދަމައިގަންނަ ކަހަލައެވެ.

ބޮލީވުޑްގެ ހަބަރުތަކުން ބުނާ ގޮތުގައި މި ފިލްމުގައި ދައްކުވައިދެނީ މަސްތުގެ ހާލަތުގައި އުޅޭ އަންހެނެއްގެ ހަޔާތުގެ ވާހަކައެވެ. އެގޮތުން މި އަންހެން މީހާ ކޮންމެ ދުވަހަކު ވެސް ރޭލުން ދަތުރު ކުރާއިރު ފެންނަ ދެމީހަކަށް ޝައުގުވެރިކަން އުފެދި، އެމީހުންގެ ދިރިއުޅުމަށް އާދަޔާ ހިލާފު ކަންކަން ދިމާވެއެވެ. މި ޝައުގުވެރިކަމާ ހެދި އެންމެ ފަހުން ގެއްލިގެން ހޯދަމުން އަންނަ މީހެއްގެ މައްސަލައިގައި އޭނާ ތާށިވެ، އޭނާގެ ސިއްރުތައް މަޑުމަޑުން ފާޅުވާތަން މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމަކީ 2016 ވަނަ އަހަރު ހޮލީވުޑްގައި ރިލީޒް ކުރި ދަ ގާލް އޮން ޓްރެއިން ފިލްމަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް