މުންދު ފުލުހަށް ހާޒިރުވާން އަންގައިފި
ފާތިމަތު ސާޔާ އަހުމަދު
14 ޖެނުއަރީ 2021 - 12:10:52
ޕީޕަލްސް ނެޝަންލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް މުހައްމަދު ހުސެން ޝަރީފް (މުންދު) މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އިދިކޮޅި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މުންދު ފުލުހަށް ހާޒިރުވާން އެންގީ މިއަދު މެންދުރު ފަހު 03:00 އަށް ކަމަށެވެ.
މުންދު ހާޒިރު ކުރަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް އެ ކޯލިޝަނުން ބުނެ އެވެ.
ތަހުގީގު ކުރަމުންދާ އެކި މައްސަލަތަކާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ދޭތެރެ ދޭތެރެއިން ފުލުހަޡް ހާޒިރުވާން އަންގަ އެވެ.
އެގޮތުން ކޮވިޑް-19 އާ ގުޅިގެން ނެރިފައިވާ ގައިޑްލައިންތަކާ ހިލާފަށް އެއްވާ މައްސަލާގައި ވެސް ބައެއް އިސްވެރިން މީގެ ކުރިން ހާޒިރުކޮށްފައި ވެއެވެ.
އޭގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލާގައި ވެސް ބައެއް ބޭފުޅުން ހާޒިރުވާން ޖެހެ އެވެ.
75%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް