ads
މިއަދު ފަހުދު ނާމާގައި ސޮއިކުރަނީ: ފޮޓޯ އާޓްސް މިނިސްޓްރީ
"މޭކާސްޕޭސް" ގެ ހިދުމަތް ގައުމީ ކުތުބުހާނާއިން ފަށައިފި
ގައުމީ ކުތުބުހާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި "މޭކާސްޕޭސް" ގެ ހިދުމަތް ގައުމީ ކުތުބުހާނާއިން ފަށައިފި އެވެ.

"މޭކާސް ޕޭސް"ގެ ހިދުމަތް ގާއިމުކޮށްދިނުމުގައި އެހީތެރިވެދިނުމާއި ހަރަކާތްތައް ހިންގުމަށް "އޮފިޝަލް ޕާޓްނާ" އެއްގެގޮތުގައި ސްޓެމްސްޕޭސް ހަމަޖައްސައި އެކަމާއި ގުޅޭ ފަހުމުނާމާގައި މިއަދު ވަނީ ސޮއިކޮށްފައެވެ. 

މޭކާސްޕޭސްއަކީ އެކި ވައްތަރުގެ އާލާތްތަކާއި ތިމާއަށް ލިބިފައިވާ އިލްމެއް އަދި ބިނާކުރަނިވި ހިޔާލު އެހެން ފަރާތްތަކާއި ހިއްސާކުރުމަށް ދެވިފައިވާ ތަނެއް ނުވަތަ ޖާގައެކެވެ. ޤައުމީ ކުތުބުހާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގައި ތަފާތު އުމުފުރައަށް ފަރުމާކުރެވިގެން މޭކަރސްޕޭސްގެ ހަތަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. 

އެ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުދިންގެ ފަންނީ ހުނަރު އާލާކޮށް، ތަފާތު ނަޒަރިއްޔާތުތަކުން ވިސްނައިގެން ކަންކަމަށް ޙައްލު ހޯދަން ދަންނަ، އިޖާދީ މުޖުތަމައުއެއް ބިނާކުރުމެވެ. 

ބުރާސްފަތި ދުވަހު ގައުމީ ކުތުބުހާނާގައި އޮތް ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ޤައުމީ ކުތުބުހާނާގެ ފަރާތުން ސޮއިކުރެއްވީ ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރުގެ ނައިބު އަހުމަދު މުހުސިންއެވެ. 

އެ ފަހުމުނާމާގައި ސްޓޭމް ސްޕޭސްގެ ފަރާތުން ސޮއިކުރެއްވީ ސްޓެމް ސްޕޭސްގެ ފައުންޑާ އަދި ސީއީއޯ ޑރ. އިބްރާހިމް ލަތީފްއެވެ. 

މިއަދު ވެވުނު ފަހުމުނާމާގެ ދަށުން ސްޓެމް ސްޕޭސްގެ އެހީތެރިކަމާއިއެކު ގައުމީ ކުތުބުހާނާގައި މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެއް އަހަރުދުވަހުގެ މުއްދަތަށެވެ.

އެއަށްފަހުވެސް މި ޕްރޮގްރާމް ގައުމީ ކުތުބުހާނާގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް