ads
ކާޖަލް އަދި އަޖޭ
އަޖޭއާއި ކާޖޮލް ކައިވެނިކުރަން ކާޖޮލްގެ ބައްޕަ ދެކޮޅު ހެދި!
ބޮލީވުޑްގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ކާޖޮލްއަކީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދައިފައިވާ ތަރިއެވެ. ބޮލީވުޑްގެ މަޝްހޫރު އެތައް ފިލްމުތަކެއްގައި ކާޖޮލް ވަނީ މަސައްކަތްކޮށްފަ އެވެ.

ބޮލީވުޑްގެ ރާނީގެ ގޮތުގައި ސިފަކުރާ ކާޖޮލް ކައިވެނީ ގޮށް ބަދެފައިވަނީ އޭނާގެ އުމުރުން 24 އަހަރުގައެވެ. އެއީ މަޝްހޫރު ތަރި، އަޖޭ ދޭވްގަންއާ އެވެ. މި ކައިވެންޏަށް މިހާރު ދެ ކުދިން ވެސް ވަނީ ލިބިފައެވެ.

ކާޖޮލް އާއި އަޖޭގެ ލޯބީގެ ވާހަކަ ކިޔައިދެމުން ބުނެފައިވަނީ އަޖޭއާ ކައިވެނި ކުރަން އޭނާގެ ބައްޕަ ފުރަތަމަ ނުރުހުނު ކަމަށެވެ. އެއީ އޭނާގެ ބައްޕަ ދެނުކު ގޮތުގައި އޭރު ކާޖޮލް މީހަކާ އިންނަވަރަށް ވުރެ މާ ޅަވީމައެވެ. އޭނާގެ ބައްޕަ ބޭނުންވީ އަދި ކާޖޮލް އެކްޓިގްގެ ދާއިރާގައި ފައިތިލަ ސާބިތުކޮށް އެ މަސައްކަތުގައި ހަރުދަނާ ވުމަށެވެ.

ކާޖޮލް ހާމަކުރި ގޮތުގައި އޭނާ ބައްޕަ އެ ގުޅުމަށް މަރުހަބާ ނުކީނަމަވެސް އޭނާގެ މަންމަ ހުރީ ކާޖޮލްއާއެކު އެވެ. އަދި ކާޖޮލްގެ ނިންމުމަށް މަންމަގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް އޭނާ ބުންޏެވެ. 

މަންމަ ވިސްނައިދިނުމުން އެންމެ ފަހުން އޭނާގެ ބައްޕަ އެކައިވެންޏަށް އެއްބަސްވީ ކަމަށް ވެސް ކާޖޮލް ބުންޏެވެ. ނަމަވެސް ހަތަރު ދުވަސް ވަންދެން އެނާއާ ވާހަކަ ނުދައްކާ ހުރިކަމަށް ވެސް ކާޖޮލް ބުންޏެވެ.

ކާޖޮލް އާއި އަޖޭ ކައިވެނި ކުރީ 1999 ގައެވެ. އަދި އެކައިވެންޏަށް މިހާރު ވަނީ ނީސާ އަދި ޔުގް ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް