ads
މާފުށި
މާފުށީގައި މޫދަށް ވެއްޓުނު ކާރުން މީހުން ސަލަމާތްކުރި ޖަލު އޮފިސަރުންނަށް ތައުރީފް!
ކ. މާފުށީގައި ގަވާއިދާ ހިލާފަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން މޫދަށް ވެއްޓުނު ހާދިސާގައި އެވަގުތު އެތަނުގައި ހަރަކާތްތެރިވި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ދެއްކި ހިތްވަރަކީ ކާރުގައި އެވަގުތުތިބި ތިން މީހުންގެ ފުރާނަ ސަލާމަތްވުމުގެ އެއް ސަބަބުކަމަށް އެއިދާރާއިން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އެވަގުތު ކާރުގައި ތިބި ތިން މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވެފައިވަނީ ކަރެކްޝަންސްގެ އެސިސްސެންޓް ސުޕްރިޓެންޑެންޓު އޮފް ޕްރިޒަންސް އަބްދުލް ގަނީ އާއި ޕްރައިވެޓް ހުސައިން ސޮލާހުއެވެ.  

އެ ދެ އޮފިސަރުންނަށް ތައުރީފުކުރައްވާ ކަރެކްޝަންސް އިން ކުރި ޓްވީޓެއްގައި ބުނީ ހާދިސާ ހިނގިވަގުތު އެ ދެ އޮފިސަރުން އެޅި އަވަސް ވިސްނުންތެރި ފިޔަވަޅަކީ، ކޯޓުރޯލް ނުވެގޮސް މޫދަށް ވެއްޓުނު ކާރުގައި ތިބި މީހުންގެ ފުރާނަ ސަލާމަތްކުރެވުނު އެއް ސަބަބު ކަމަށެެވެ. އަދި އެ އޮފިސަރުންގެ ހިތްވަރަށް ސެލިއުޓް ކުރާ ކަމަށް ވެސް ކަރެކްޝަންސް ބުނެފައިވެއެވެ. 

ފުލުހުން ބުނި ގޮތުގައި ކާރެއް ކޮންޓްރޯލް ނުވެގެން މޫދަށް ވެއްޓިފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ މެންދަމު 00:46 ގައެވެ.

your imageއެސިސްސެންޓް ސުޕްރިޓެންޑެންޓު އޮފް ޕްރިޒަންސް އަބްދުލް ގަނީ އާއި ޕްރައިވެޓް ހުސައިން ސޮލާހު——

އަދި މި އެކްސިޑެންޓުގައި ކާރުގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި ފުލުހުންގެ އެހީތެރިކަމާއެކު ހެލްތު ސެންޓަރަށް ގެންގޮސް އެމީހުންނަށް ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ކާރު ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހި ދެ ލޯންޗަށް ވެސް ގެއްލުންވެފައިވާ ކަމަށާއި ކާރު ދުއްވަން އިނީ އެ ކެޓެގަރީގެ ވެހިކަލް ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް