ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހުސައިން މޫސާ
ކެންސަރުގެ ޝިކާރައަކަށްވެފައިވާ ހުސައިން، އެހީއަކަށް ބޭނުންވެފައި
ށ. މާއުނގޫދޫއަށް ނިސްބަތްވާ 52 އަހަރުގެ ހުސައިން މޫސާގެ ހަޔާތް އެއްކޮށް ބަދަލު ވާން ފެށީ 2015 ގައެވެ. އަނގައިގައި ރިއްސާތީ އޭނާ އެންމެ ފުރަތަމަ ދެއްކީ އެ ރަށުގެ ސިއްހީ މަރުކަޒަށެވެ. ނަމަވެސް އޭރު ވެެގެން އުޅޭ ގޮތެއް ނޭނގެ އެވެ. ބޭސްތަކެއް ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލީ އެވެ.
Advertisement
އޭރު އެ ރިއްސުން ބޮޑު ބައްޔަކަށް ވާނޭކަމަށް ހުސައިންގެ ހިތަށް ވެސް ނާރަ އެވެ. ނަމަވެސް މިއަދު އެ ކުޑަ ފާރުކޮޅު ވެގެންގޮސްފައިވަނީ އޭނާގެ ހަޔާތުގައި ދިމާވެފައިވާ އެންމެ ބޮޑު ބަލިމަޑު ކަމަށެވެ.

ހުސައިންގެ ހާލަތު ކިޔައިދެމުން އޭނާގެ ދަރިފުޅު، އަހުމަދު ނަޖީބު ބުނީ ބައްޕަގެ އަނގައިގައި ރިއްސާ އަދި ދުޅަވުމުގެ ސަބަބުން ތަދުވާތީ ކެތްނުވެގެން އިންޑިއާއަށް އާސަންދައިގެ އެހީގައި 2015 ގައި ދިޔަ ކަމަށެވެ. އަދި އިންޑިއާގެ އާރްޓީސީ ހޮސްޕިޓަލުން ދެތިން މަސްވަންދެން ޓެސްޓްތައް ހެދި ކަމަށެވެ. އަދި ބަޔޮސްޕީ ހެދުމުންވެސް ކެއްސަރު ހުރި ކަމަކަށް އޭރު ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

އެހެން ކަމުން އެ ފަހަރު އިންޑިއާގައި ތިބެން ޖެހުނީ ބައްޕައަށް މާބޮޑު ފަރުވާއެއް ނުލިބި ޓެސްޓު ހަދަން ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ ފަހުން ރާއްޖެ އަނބުރާ އައިސް ހާލަތު ގޯސްވަމުން ދިޔުމުގެ ސަބަބުން އަނެއްކާވެސް އިންޑިއާއަށް ގޮސް އާރްޓީސީ ހޮސްޕިޓަލަށް ދެއްކި ކަމަށާއި އަދި އަނގައިގައި ކެންސަރު ހުރިކަމަށް އެފަހަރުގެ ޓެސްޓްތަކުން ދެއްކި ކަމަށް ބުނެ އެވެ. 
ކީމޯތެރެޕީވެސް އެފަހަރު ހެދިއިރު ބައްޕަގެ ބައްޔަށް ކުޑަ ވެސް ލުޔެއް ލިބިގެންދިޔައީ އެ ހިސާބުންނެވެ.

ނަމަވެސް އަތުގައި ފައިސާ ނެތުމުގެ ސަބަބުން މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް ޖެހުނީ އަނބުރާ ރާއްޖެއަންނަން ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ ފަހުން ބައްޕަގެ އަނގައިގެ އޮޕަރޭޝަނެއް ވަނީ އިންޑިއާއިން ކޮށްފަ އެވެ. ނަޖީބް ބުނީ މިހާރު ބައްޕައަށް އައިޖީއެމްއެޗްއިން ދަނީ ފަރުވާދެމުން ކަމަށެވެ. 

އަދި ޑޮކްޓަރު ބުނިގޮތުގައި ފަހުން ކުރި އޮޕަރޭޝަންގައި އަނގަޔަށް ހުރީ ދަގަނޑު ލައްވާފަކަމަށް ވުމުން އެއެއްޗިހީގެ ސަބަބުން އަނގަ ކައިރި ދަނީ ވިރެމުންނެވެ. އަދި މިހާރު ބައްޕަ ގޮވައިގެން ބޭރަށް ފަރުވާދޭން ދިޔުމަށް އާސަންދަ ވެސް ލިބިފައިވާއިރު އެކޮޅުގައި އިތުރު ގިނަ ހަރަދުތަކެއް ހިނގާނެ އެވެ. އެހެންނަމަވެސް މިދަނޑިވަޅުގައި އެހާ ގިނަ ހަރަދުކުރާނެ ފައިސާ އެ އާއިލާގައި ނެތުމުން މިވަނީ އާންމުންގެ އެހީއަށް އެދިފަ އެވެ.

އިތުރު މައުލޫމާތު ހޯދުމަށް:
ހުސައިން މޫސާ : 7666645
އެކައުންޓް ނަންބަރު : 7730000104280

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ

8%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް