މަރްދާނީ 2ގެ ޓްރެއިލާ ނެރެފި އެވެ.

Advertisement
މަރްދާނީ 2ގެ ޓްރެއިލާ ނެރެފި އެވެ.
ރާނީ މުކަރްޖީ ލީޑު ރޯލުން ފެނިގެންދާ އެފިލްމުގެ ޓްރެއިލާ ނެރެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ގިނަ ބަޔަކަށް އެޓްރެއިލާ ކަމުގޮސްފައިވާއިރު މަރްދާނީގެ ފުރަތަމަ ފިލްމު ފަދައިން ދެވަނަ ފިލްމުވެސް ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އޭގެ އިތުރުން ރާނީގެ އެކްޓިން ވެސް ވަރަށް ކަމުދާ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ދެވަނަ ބައިގައި ރާނީ ފެނިގެން ދާނީ ޕޮލިހުންގެ ވަރަށް ބޮޑު މީހެއްގެ ރޯލުންނެވެ. ފިލްމު ނެރެނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.
ފިލްމުގެ ފުރަތަމަ ބައި ނެރެފައިވަނީ 2014 ވަނަ އަހަރުގައެވެ. އެ އެބައިގައި ރާނީ އާއެކު ތަހިރު ބަސިން، އަވްނީތު ކައުރް އަދި ޖިސްޝު ސެންގުޕްތާ ފެނިގެން ދިޔަ އެވެ.