މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާހަމަޔަށް މިރޭ 10:30 އިން ފެށިގެން ދަންވަރު 02:00 ގެ ނިޔަލަށް ވައިޓް އެލާޓް ނެރިފައިވާނެ ކަމަށެވެ.
އަދި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާ ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް މެޓްއިން ވަނީ ބުނެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަށް ހިނގާފައިވެއެވެ. ހާއްސަކޮށް ބ.އަތޮޅުގެ ރަށްތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.
މޫސުން ގޯސުވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.