ads
ދީޕިކާ އަދި ރިތިކް ---
250 ކްރޯޑުގެ ބަޖެޓަކާއެކު ދިޕިކާ އާއި ރިތިކްގެ ފިލްމު ފައިޓާ
ސިދާތު އާނަންދް ޑައިރެކްޓުކޮށް، ފުރަތަމަ ފަހަރަށް ފިލްމެއްގެ ލީޑު ރޯލުން ދިޕިކާ ޕަޑުކޯން އަދި ރިތިކް ރޯޝަން ފެނިގެންދާނެ ފިލްމު، ފައިޓާގެ ބަޖެޓު އާންމު ކޮށްފިއެވެ.

ފައިޓާއަކީ ސިދާތު އަދި ރިތިކް ގުޅިގެން ސްކްރީނަށް ގެނައުމަށް މަސައްކަތް ކުރާތާ ދުވަސްތަކެއްވެފައިވާ ފިލްމެކެވެ. އެގޮތުން މި ފިލްމަކީ 2019 ގައި ސްކްރީނަށް އައި "ވާ" ފިލްމުގެވެސް ކުރިން މަޝްވަރާ ކުރެވެމުން އައި ފިލްމެކެވެ.  

މި ފިލްމުގެ ބަޖެޓެއްގެ ގޮތުގައި 250 ކްރޯޑް ރުޕީސް ހަމަޖައްސާފައިވާ ކަމަށް ބޮލީވުޑްގެ އެކި ހަބަރު ތަކުން ރިޕޯޓު ކުރެއެވެ. މިއާއެކު މި ފިލްމު ވެގެންދާނީ އެންމެ އަގުބޮޑު ހިންދީ ފިލްމަށް ކަމަށް ބޮލީވުޑްގެ ރިޕޯޓު ތަކުން ބުނެއެވެ. އަދި އިންޑިއާގައި މިހާތަނަށް އުފައްދާފައިވާ އެންމެ އަގުބޮޑު ފިލްމުތަކުގެތެރޭގައި މި ފިލްމު ހިމެނިގެން ދާނެއެވެ.

މި ފިލްމުގައި ރިތިކް ފެނިގެންދާނީ އެއާ ފޯސްގެ ޕައިލެޓެއްގެ ރޯލުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި މިއީ އެކްޝަން ތްރިލާ ޖޯންރާގެ ފިލްމެކެވެ. 

މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހުއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް