ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:20 ހާއިރު ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
އަދި އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާއިރު އެ ސަރަހައްދުގެ މޫދު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ. މާލެ ސަރަހައްދުގައި އުޅޭ ގިނަ ބަޔަކު މޫދަށް އެރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮޑުދޮށަށް މިހާރު ދެ އެވެ.