ކ. މާފަޅުގައި މަސައްކަތް ކުރާ ދެ ބިދޭސީ ފިރިހެނުން ޑައިވިނަށް ދިޔަ ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

Advertisement
ކ. މާފަޅުގައި މަސައްކަތް ކުރާ ދެ ބިދޭސީ ފިރިހެނުން ޑައިވިނަށް ދިޔަ ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހެލެންގިލި އައިލެންޑް ރިސޯޓުގެ އުތުރުން ފަޅު ހިއްކައިގެން ހަދަމުންދާ ރިސޯޓެއްކަމަށްވާ މާފަޅުގައި މަސައްކަތް ކުރާ އެ ދެ ބިދޭސީންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރުފަހު 14:35 ގައި ކަމަށެވެ.
އެހެންވެ، އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އިން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
ގެއްލިގެން ހޯދަމުން ދަނީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން އަދި ސާފެއް ނުވެ އެވެ.