ads
ހުޅުމާލެ ޔޫތު ޕާކު ސާފުކުރުން މާދަމާ
ހުޅުމާލެ މޫދު ސަރަހައްދުގައި އުފެދިފައިވާ ކުންޏާއި ގާ ނެގުމު ސިލްސިލާ ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ޔޫތު ޕާކު ސަރަހައްދު ސާފުކުގުމުގެ މަސައްކަތް މާދަމާ އޮންނާނެކަމަށް ހުޅުމާލެ ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ ޔޫތު ޕާކް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާދަމާ ހެނދުނު 06:30 ގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ސާފު ހުޅުމާލެ ޕްރެޖެކްޓްގެ ދަށުން މާދަމާ ކުރިއަށް ގެންދާނީ ޔޫތް ޕާކް މޫދުގައި މަރުވެފައިވާ ގާތައް ނެގުމުގެ މަސައްކަތް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެޗްޑީސީ އާއި މައި ކޮލެޖް ގުޅިގެން "ސާފު ހުޅުމާލެ" ނަމުގައި ހުޅުމާލެ ސާފުކުރުމަށް ހާއްސަ ހަރަކާތް ވަނީ ފަށާފައެވެ.

ސާފު ހުޅުމާލެ" ނަމުގައި ބާއްވާ އެ ޕްރޮގްރާމްގެ މަގްސަދަކީ ތިމާވެށި ސާފުކޮށް ބޭއްވުމަށް ބާރުއަޅައި، ހުޅުމާލޭގައި ކުނި ގިނަވެފައިވާ ސަރަހައްދުތައް ދެނެގަނެ އެ ތަންތަން ސާފުކުރުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި ތިމާވެށި ސާފުކުރުމުގެ ލޯބި އާލާކުރުވުން ކަމަށް އެޗްޑީސީން ބުނެއެވެ. 

އެ ޕްރޮގްރާމްގައި އެޗްޑީސީގެ މުވައްޒަފުންގެ އިތުރުން ހުޅުމާލެގައި ހަރަކާތްތެރިވަމުންދާ ސަރުކާރުގެ ގިނަ މުއައްސަސާތަކާއި، އެންޖީއޯތައް އަދި ކުންފުނިތަކެއް ދަނީ ބައިވެރިވަމުންނެވެ.

"ސާފު ހުޅުމާލެ" ނަމުގައި ބާއްވާ މި ޕްރޮގްރާމް ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މި ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެއަކީ ސާފު ތަނަކަށް ހެދުމަށް އިތުރު ހަރަކާތްތަކެއް ބާއްވާ އާންމުން ހޭލުންތެރިކުރުވަން ރޭވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް