ads
ގައުމީ ކުތުބުހާނާ ހުންނަ އިމާރާތް--
ކުތުބުހާނާގެ ހިދުމަތް ދޭ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް އިތުރުކޮށްފި
ގައުމީ ކުތުބުހާނާގެ ހިދުމަތް ދޭ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް އިތުރުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާ އާންމު ހާލަތުގައި ކުތުބުހާނާގެ ހިދުމަތް ދޭ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް އިތުރުކުރުމާއި ގުޅިގެން މިމަހުގެ 16 އިން ފެށިގެން ކޮންމެ ހަފުތާއެއްގެ ހަތަރު ދުވަހު ކުތުބުހާނާގެ ހިދުމަތް ދެމުންދާނެއެވެ. 

އެއީ ހޮނިހިރު ދުވަހުގެ އިތުރުން ކުރިންވެސް ހިދުމަތްދެމުންދާގޮތަށް އާދީއްތަ އަދި އަންގާރަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހު އެވެ. މި ހަތަރު ދުވަހު ކުތުބުހާނާގެ ހިދުމަތް ދެމުންދާނީ މެންދުރު 12:00 އިން ފެށިގެން 15:00 އަށް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. 

ކޮވިޑް-19 އާ ގުޅިގެން ކުތުބުހާނާ ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ކޮވިޑް-19 އަށް ފަހު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުތުބުހާނާ ހުޅުވާލިއިރު ހިދުމަތް ދެމުން އައީ ހަފްތާއަކު ތިން ދުވަހުއެވެ. އެއީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް