މިފަހަރު ތައިމުރްގެ ވައިރަލްވި ފޮޓޯތަކުން ފެންނަނީ އޭނާ ގެއިން ނިކުތް އިރު ގޭގެ ދޮރުމަތީގައި އޮތް ގެރިއަކަށް ބަލަހައްޓައިގެން ހުންނަ މަންޒަރެވެ.
ތައިމުރް-
ބައްޕަ ސައިފް އާ އެކު ވަރަށް ޝައުގުވެރި ކަމާއެކު ގެރިއަށް ބަލަހައްޓައިގެން ހުރުމަށް ފަހު އޭގަ ބޮލުގައި ތައިމުރް ބީހިލައެވެ.
ތައިމުރް އަކީ ބޮލީވުޑްގެ ސްޓާ ކިޑުންގެ ތެރެއިން އާންމުންގެ އެންމެ ސަމާލުކަން ލިބޭ ކުއްޖާ އެވެ.
ތައިމުރްގެ މަންމަ ކަރީނާ ދަރިއަކަށް ބަލިވެއިން އިރު އާއިލާ ބޮޑުވާތީ މިހާރު ދިރިއުޅޭ އެޕާޓްމެންޓް ދޫކޮށް ބޮޑު އެޕާޓްމެންޓް އަކަށް ބަދަލުވާން ވަނީ ނިންމާފައެވެ.