ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ރާއްޖެ އާއި ނިކަރަގުއާގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި
ރާއްޖެ އާއި ނިކަރަގުއާ އާ ދެމެދު ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާ ކުރައްވައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ނިކަރަގުއާގެ ފޮރިން މިނިސްޓަރު ޑެނިސް ރޮނާލްޑޯ މޮންކާޑާ ކަލިންޑްރެސް އާއެކު ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފަ އެވެ.  

މި މޝްވަރާގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ތިމާވެށީގެ ދާއިރާ ފަދަ ދާއިރާތަކުން ބައިނަލްއަގްވާމީ މަސްރަހުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ވާހަކަދެކެވުނު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. 

އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުންނާއި އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން ނިކަރަގުއާގެ ފޮރިން މިނިސްޓަރަށް މައުލޫމާތު އެރުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. 

މީގެ އިތުރުން އދ. ގެ ނިޒާމުގެ ތެރެއިން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ މިނިސްޓަރުން ވެސް ވަނީ ދެއްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. 

ރާއްޖެ އާއި ނިކަރަގުއާ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރީ 11 މޭ 2010 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް