އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޝަރަފުވެރިކޮށްދެއްވި އެ ޕެރޭޑްގައި އެގައުމުގެ މިލިޓަރީން ވަނީ އުތުރު ކޮރެއާ މިލިޓަރީ ރޮނގުން ކުރިއަރާފައިވާ ވަރުގަދަ ހަތިޔާރުތަކާއި ބާރު ދައްކާލައިފައެވެ.
އުތުރު ކޮރެއާގެ އޮފިޝަލަކު އެގައުމުގެ ގައުމީ ޓީވީ މެދުވެރިކޮށް ވަނީ ދައްކާފައެވެ. އަދި އެ ޕެރޭޑްގައި ދައްކާލާފައިވާ ސަބްމެރިންގެ އެހީގައި ފޮނުވައިލެވޭ މިސައިލަކީ މިހާތަނަށް ދުނިޔޭގެ ގައުމަކުން އުފައްދާފައިވާ އެންމެ ވަރުގަދަ ހަތިޔާރު ކަމަށް ވެސް އުތުރުކޮރެއާގެ އޮފިޝަލުން ހާމަކުރެއްވިއެވެ.
އެ މިސައިލުގެ އިތުރު މައުލޫމާތު ހާމަކޮށްފައި ނުވާއިރު، މިސައިލު އަދި ޓެސްޓުކޮށްފައިވާ ކަމެއް ވެސް އޮފިޝަލު ހާމަކުރައްވައިފައެއް ނުވެއެވެ.
ޕެރޭޑްގައި އުތުރު ކޮރެއާއިން ވަނީ އެގައުމުން އެންމެ ފަހުން އުފައްދާފައިވާ މިސައިލުތަކާއި ހަނގުރާމަ މަތީ އުޅަނދުތައްކާ އަދި ލަޝްކަރީ އެތައް ސާމާނުތަކެއް ދައްކާލާފައެވެ.
މީގެ ކުރިން ވެސް ނޯތްކޮރެއާއިން ވަނީ ދުނޭގެ އެކި ކަންކޮޅުތަކަށް ހަމަލާ ދިނުގެ ގާބިލުކަން އެބައޮތް ކަމަށް ބުނެ ތަފާތު ހަތިޔާރުތައް ދައްކާލާފައެވެ. ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުން ނޯތް ކޮރެއާއަކީ ދުނިޔޭގެ ބާރެއް ކަމަށް ނުދެކެއެވެ.