ads
ސުހާނާ---
ސުހާނާ ހިއްސާކުރި ފޮޓޯގަނޑުން ފޭނުންނަށް ހާއްސަވީ އޭނާގެ ޑައިރީ
ބޮލީވުޑްގެ ތަރިންނަށް ވުރެ މި ދުވަސްވަރު ވިދުން ގަދައީ އެ ތަރިންގެ ދަރިންނެވެ. މި ފަހަރު ވެސް އެފަދަ ފަހަރެކެވެ. ފޭނުންގެ ލޮލުގައި މި ފަހަރު އަޅައިގަތީ ބޮލީވުޑްގެ ރޮމޭންސް ކިންގް ޝާހުރްކް ހާން އަދި ގޯރީ ހާންގެ ދަރި ސުހާނާ ހާން އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެކެވެ.
Advertisement

ދާދި ފަހުން ސުހާނާގެ އިންސްޓްގްރާމް އެކައުންޓު ޕަބްލިކް ކުރުމާއެކު ގިނަ ބައެއްގެ ލޯތައް މިވަނީ އޭނާއަށް އަމާޒުވެފައެވެ. އަދި އޭނާގެ ޕޯސްޓުތަކުން އޭނާގެ ދިރިއުޅުމުގެ ބައެއް މިވަނީ އާންމުންނަށް، ހާއްސަކޮށް ޝާހުގެ ފޭނުންނަށް ހުޅުވާލާފައެވެ.

ސުހާނާ އޭނާގެ އެކައުންޓު ޕަބްލިކް ކުރި ފަހުން ކުރާ ކޮންމެ ޕޯސްޓަކަށް ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ އިރު، އިއްޔެ ސުހާނާގެ އިންސްޓަގްރާމް ސްޓޯރީއަށް އޭނާލީ ފޮޓޯއަށް ވެސް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

އެގޮތުން ސުހާނާ އިއްޔެ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް އަޕްލޯޑް ކުރީ ފޮތެއްގެ މަތީގައި އުއްބައްތިއެއް ބައިންދާފައި ވަނިކޮށެވެ. އުއްބަތީގެ މި ފޮޓޯގަނޑުން ގިނަ މީހުންގެ ލޮލުގައި އަޅައިގަތީ ޕާސަނަލައިޒް ކޮށްފައިވާ ސުހާނާގެ ޑައިރީ އެވެ. 

ކަޅުކުލައިގެ އެ ޑައިރީގައި ސުހާނާގެ ނަން ވަނީ ރަން ކުލައިން ލިޔެފައެވެ. މިއާއެކު ގިނަ ފޭނުން އަންނަނީ އޭނާ އަކީ އެއްވެސް ވަރަކަށް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަ މީހެއްތޯ ސުވާލު ކުރަމުންނެވެ.

your imageސުހާނާ އިންސްޓްގްރާމްގައި ހިއްސާކުރި ފޮޓޯ ---

ބޮލީވުޑް ތަރިންގެ ދަރިންގެ ތެރެއިން ސުހާނާ ވެސް އަންނަނީ ބޮޑު ސްކްރީނަށް، އެކްޓްރެސްއެއްގެ ގޮތުގައި ނިކުތުމަށް ތައްޔާރީތައް ވަމުންނެވެ. 

އެގޮތުން އޭނާ ވަނީ 2019 ވަނަ އަހަރު ނިއުޔޯކް ޔުނިވާސިޓީގައި މި ދާއިރާއިން ކިޔެވުމަށް އެންރޯލްވެފައެވެ. އަދި މީގެ އިތުރުން އޭނާގެ ބައްޕަ ޝާހުގެ ފިލްމް ޒީރޯގެ ޝޫޓިންގެ ކަންކަމުގައި ސުހާނާ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ގިނަ ބަޔަކު އަންނަނީ ސުހާނާ ބޮޑު ސްކްރީނުން ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް