ads
އައިޖީއެމްއެޗް-- ފޮޓޯ: ސީއެންއެމް
ކިޔެވުން ނިންމި ޑޮކްޓަރުންނަށް އައިޖީއެމްއެޗުން ތަމްރީނު ފުރުސަތެއް ހުޅުވާލައިފި
އެމްބީބީއެސް ފުރިހަމަކޮށްފައިވާ ޑޮކްޓަރުންނަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ ވިހި ފުރުސަތެއް އައިޖީއެމްއެޗުން ހުޅުވާލާފައިވާއިރު އެ ހޮސްޕިޓަލުން ބުނީ އެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވާސިޓީއަކުން އެމްބީބީއެސް ފުރިހަމަކޮށްފައިވުމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތް ޑޮކްޓަރުންނަށް ވުން ހިމެނެ އެވެ.

އައިޖީއެމްއެޗުން ބުނީ މެޑިކަލް އިންޓާންޝިޕަށް ކުރިމަތިލާން ބޭނުންވާ އެޕްލިކޭޝަން ފޯމު އެ ހޮސްޕިޓަލުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި ފޯމު ފުރިހަމަކުރުމަށް ފަހު، [email protected] އަށް މެއިލްކުރުމަށް އެދިފައިވާއިރު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 12:00 އަށް މެޑިކަލް އިންޓާންޝިޕް އޮފީހުން އެޕްލިކޭޝަން ފޯމު ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް